11 ޑިސެންބަރު 2025
މިދިޔަ ރަމަޟާންމަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހާފައިވަނީ، ގޭބިސީއަކަށް މަސްދަޅު ކޭހެއް

ރޯދަ ހަދިޔާ ބަހަން ބޭނުންވާ މައުލޫމާތު އެއްކުރަން ފަށައިފި

އަންނަ ރަމަޟާން މަހަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތަށް ބޭނުންވާ ލިސްޓު އެކުލަވާލުމުގެ މަސައްކަތް، ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ކައުންސިލްތައް ގުޅިގެން ފަށައިފިއެވެ. އަންނަ އަހަރަށް ރޯދަ ހަދިޔާގެ ގޮތުގައި ދޭނެ ބާވަތެއް ސަރުކާރުން އަދި އިޢުލާނުކުރައްވާފައެއް ނުވެއެވެ.

ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން ވަނީ މި ލިސްޓު ކަނޑައަޅާ، މިމަހުގެ 20 ގެ ނިޔަލަށް ވުޒާރާއަށް ހުށައެޅުމަށް ކައުންސިލްތަކަށް އަންގާފައެވެ.

ގޭބިސީތަކުގެ އަދަދު ބެލުން ފަދަ މުހިއްމު މަޢުލޫމާތު އެއްކުރަމުން އެބަގެންދަވައެވެ. އަދި، އެއް ގެއެއްގައި ގިނަ ގޭބިސީތަކަށް ދިރިއުޅޭނަމަ، އެ ގޭބިސީތައް ވަކިވަކިން ރެޖިސްޓަރ ކުރަންޖެހެއެވެ. އެގޮތުން، މި މަޢުލޫމާތުތައް ކައުންސިލުން ކަނޑައަޅާ ތާރީޚުތަކަށް ފޯރުކޮށްދިނުމަށް ބައެއް ކައުންސިލްތަކުން ވަނީ އިޢުލާނުކޮށްފައެވެ.

މިދިޔަ ދެ އަހަރުވެސް ސަރުކާރުން ވަނީ ރަމަޟާން މަހާ ދިމާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ހަދިޔާ ދީފައެވެ. މިދިޔަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބަހާފައިވަނީ ހަނޑޫ އަދި ފުއް ބަސްތާއެވެ. އެގޮތުން 82,000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހަދިޔާ ކުރެއްވިއެވެ.

މިދިޔަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި 111,231 މަސް ދަޅު ކޭސް ބަހާފައިވެއެވެ. ކޮންމެ ގެއަކަށް 48 ދަޅުގެ މަސްދަޅު ކޭސް ބަހާފައިވާއިރު، އެކަމަށް 81 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު