11 ޑިސެންބަރު 2025

މާލޭގެ ގެއެއްގެ 6 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެ

މާލޭގެ ގެއެއްގެ 6 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މާފަންނު ގެއެއްގެ 6 ވަނަ ފަންގިފިލާއިން އެގޭގެ ސިޑިގޮޅިއަށް ވެއްޓި ނިޔާވެފައިވަނީ 47 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއްކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިރުއޮއްސި 6:29 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ސިޑިގޮޅިއަށް ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ، އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު