ދައުލަތުގެ ދަރަނި ދެމެހެއްޓެނިވިގޮތެއްގައި ދެއްކޭނެ ގޮތަކަށް ކަންކަން ރޭވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ބަޙުސްގެ ތެރެއިން، މިނިސްޓަރ ވިދާޅުވީ ދިގުމުއްދަަކަށް ދަރަނި ނެގުމަށް ހުރި ގޮންޖެހުންތައްވެސް ފާހަގަކުރެއްވޭ ކަމަށާއި، އޭގެ އެންމެބޮޮޑު ސަސަބަބީ ކުރިން ނަގާފައިވާ ދަރަނިތައް ދައްކާނެ ގޮތުގެ މާބޮޑު ޕްލޭން އެއް ނެތުން ކަމަށެވެ.
"މިސާލަކަށް ދަރަންޏެއްނަގައިފިނަމަ، އަޅުގަނޑު ކުރިން ދެންނެވިހެން 250 މިލިއަން ޑޮލަރު ނެގިއިރު އެދައްކާނެ ގޮތަކަށް ސީދާ ރޭވިފައެއް ނެތް. ހަމައެއާއެކު 250 މިލިއަން ޑޮލަރު، 500 މިލިއަން ޑޮލަރަށް ބަދަލުވެގެންދިއައިރު، އެ 500 މިލިއަން ޑޮލަރު ދައްކާނެ ހަމަ އެއްވެސްގޮތެއް ރޭވިފައެއް ނެތް. އޭގެ ނަތީޖާއަކަށްވީ މިއަދު އަޅުގަނޑުމެން، މި އިއްޒަތްތެރި މަޖިިލިސްވެސް އަދި ރައީސުލްޖުމްހޫރިްޔާވެސް އަދި ހުރިހާ ރައްޔިތުންވެސް ވަރަށްބޮޑު ކަންބޮޑުވުމެއްގެތެރޭގަ ތިބުން." މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުން އަމާޒު ހިފާފައިވަނީ ދަރަނިތައް މެނޭޖުކުރެވޭނެ ޕްލޭނަކަށްދާއިރު، މިހާރު ހުރި ބޮޑެތި ދަރަނިތައް ދެއްކުމަށް ކުރިިއަށްއޮތްތަނުގައި ލިބޭ އާއްމުދަނީ ރައްކާކޮށް އެއިން މެނޭޖުކުރަމުންދިއުން ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ސަރުކާރުން ދަރަންޏެއް ނަގާނަމަ އެ އަނބުރާ ދައްކާނެ ރަނގަޅު ޕްލޭނެއް ގެންގުޅޭނެ ކަމަށެވެ.



