15 ޖަނަވަރީ 2026
އާރްޓީއެލް ޚިދުމަތް، ފޮޓޯ: އެމްޓީސީސީ

އާރްޓީއެލް ފެރީ ޚިދުމަތް ޒޯން 2 ގެ ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ޚިދުމަތް 30 ނޮވެމްބަރ 2025 ވަނަ ދުވަހު ފަށަން ހަމަޖެހިއްޖެއެވެ. މިގޮތުން، މި ދެ އަތޮޅު އާރްޓީއެލްގެ ވިއުގައިން ގުޅުވާލުމަށް ކަނޑައަޅާފައިވާ ދެ ރަށަކީ ނ. މަނަދޫއާއި ރ. އުނގޫފާރެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި، މި ޚިދުމަތް ދިނުމަށް ބޭނުންކުރާނީ 32 ޕަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ. މީގެ ތެރެއިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 2 ސީޓު ވަނީ ޙާއްސަ ކުރެވިފައެވެ. ރ. އަތޮޅާއި ނ. އަތޮޅާއި ދެމެދު އާރްޓީއެލް ފެރީ ޚިދުމަތް ފެށިގެން ދިއުމާއެކު، މިދެއަތޮޅުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކަކާއި މަންފާތަކެއް ލިބޭނެކަމަށް ބެލެވެއެވެ.

މި ޚިދުމަތަކީ ރަސްމީކޮށް އަގުނަގައިގެން ދޭ ޙިދުމަތެއް ކަމުގައި ވީނަމަވެސް، އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެއެވެ. ކަސްޓަމަރުން އާރްޓީއެލް ޚިދުމަތުގެ ޓިކެޓް ބައްލަވައިގަންނަވާނީ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް (www.rtl.mv) ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށެވެ. އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ޚިދުމަތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ހޮޓްލައިން 1650 އަށް ގުޅުއްވުމަށް އެދެމެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައޮ، އާރްޓީއެލް ފެރީ ޚިދުމަތުގެ ޝެޑިއުލްތައް އާރްޓީއެލް ވެބްސައިޓު އަދި އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ. މިހާރުވެސް އާރްޓީއެލް ޚިދުމަތް ޖުމްލަ 12 އަތޮޅެއްގައި ދެމުން އަންނައިރު، އެއީ ޒޯން 1 ގެ ހއ.، ހދ.، ށ. އާއި ޒޯން 2 ގެ ނ.، ރ.، ބ.، ޅ. އާއި ޒޯން 4 ގެ ތ. އާއި ޒޯން 5 ގއ.، ގދ. އަދި ޒޯން 6 ގެ ޏ.، ސ. އަތޮޅެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ލަފާގެ މަތިން ބާކީ 8 އަތޮޅުގައިވެސް އާރްޓީއެލް ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މި ކުންފުނިން ދަނީ ކުރަމުންނެވެ. ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އާރްޓީއެލްގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު