11 ޑިސެންބަރު 2025
ހއ. ދިއްދޫ އިސްލާމީ މަރުކަޒު, ފޮޓޯ؛ އިސްލާމިކް މިނިސްޓްރީ

ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި ޢާންމުވުމަކީ އެ ތަނަކަށް ﷲގެ ކޯފާއަންނާނޭ ސަބަބެއް: ހުކުރު ޚުޠުބާ

ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި ޢާންމުވުމަކީ އެ ތަނަކަށް ﷲގެ ކޯފާއަންނާނޭ ސަބަބެއް ކަމަށާއި، އިސްލާމްދީންވަނީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރަށް އެ ފަދަ ކަންތައްތައް ފެތުރުމާއި އެ ފަދަ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހައި ކަމެއް ވެސް ޙަރާމްކުރައްވާފައިިކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ފާޙިޝް ޢަމަލުތަކާ ދުރުހެލިވުން" މި މައުޟޫއުގެ މައްޗަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، އިސްލާމްދީންވަނީ އަފުރާދުންނާއި މުޖުތަމަޢު ފާޙިޝު ކަންތައްތަކާ ދުރުހެލިކުރުމަށް ހުރިހައި ގޮތަކުން ބާރުއަޅުއްވައިފައެވެ. އަދި އެ ފަދަ ކަންކަން ޙަރާމްކުރައްވައިފައެވެ.

ޚުޠުބާގައި ވިދާޅުވީ އިސްލާމްދީންވަނީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރަށް އެ ފަދަ ކަންތައްތައް ފެތުރުމާއި އެ ފަދަ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހައި ކަމެއް ވެސް ޙަރާމްކުރައްވައިފައެވެ. ޒިނޭގެ ހަޑިމުޑުދާރު ފާޙިޝް ޢަމަލު ޙަރާމްކަމުގެ ވާހަކަ ބަޔާންކުރުމުގެ ކުރީގައި އެ ކަމަށް މަގުފަހިކޮށްދޭ ޙަރާމް ބެލުންތަކުން ދުރިހެލިވުމަށް އަންގަވައިފައިވެއެވެ.

ޙުޠުބާގައި ވިދާޅުވީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރަށް، އެ ފަދަ ކަންތައްތަކަށް އަރައިނުގަތް ކަމުގައިވީ ނަމަވެސް، ފާޙިޝް ކަންތައްތައް މުސްލިމުންގެ ތެރޭގައި ފެތުރުމަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ބޮޑުވެގެންވާ ޢަޛާބުހުރިކަން އަންގަވައިފައިވާކަމަށެވެ.

ހުތުބާގައި ވިދާޅުވީ ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި ޢާންމުވުމަކީ އެ ތަނަކަށް ﷲގެ ކޯފާއަންނާނޭ ސަބަބެއްކަމަށެވެ. އަދި އަދުގެ މުޖުތަމަޢުތަކުގައި ފާޙިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މީސްމީޑިއާގެ ވަސީލަތްތައް. ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި، އިޖުތިމާޢީ އެކިއެކި މަންސަތައް މެދުވެރިކޮށްކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.

"އެއްވެސް ލަދެއްނެތި، ދުވާލެއް ރޭގަނޑެއް ބެލުމެއްނެތި، ހިތުހުރިހައި ވާހަކަތަކާއި، އޯޑިއޯތަކާއި ވީޑިޔޯތައް، އެ ވިއުގަތަކުގައި ފަތުރަނީ ކުޑަކުދިންނާއި، ޒުވާނުންނާއި، އެންމެހައި އަފުރާދުންނަށް އެއިންލިބިދާނޭ ގެއްލުމާއި ހަލާކަށް ވިސްނައިލުމެއް ފިކުރުކުރުމެއްނެތިއެވެ. ޝަރުޢީ މިންގަޑުތަކަށް ބެލުމެއް ރިޢާޔަތްކުރުމެއްނެތިއެވެ. މި ފަދަ ވަސީލަތްތައް ހިންގާފަރާތްތަކާއި މި ވަސީލަތްތައް ބޭނުންކުރާ ޢާންމު ފަރުދުން މި ކަންކަންކުރަނީ، ފަހެ، އެބައިމީހުންގެ މި ޢަމަލުތަކަށް ﷲ ތަޢާލާ ފާރަވެރިވެ ބައްލަވައިވޮޑިގެންވާކަން ހަނދުމަނެތިހެއްޔެވެ؟ އެ ޢަމަލުތަކާ މެދު ﷲ ތަޢާލާ ޤިޔާމަތްދުވަހު ސުވާލުކުރައްވާނޭކަން ނޭނގިހެއްޔެވެ؟." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި އިޖުތިމާޢީ އެކިއެކި މަންސަތަކުގެ މަސްއޫލުވެރީންނާއި އެޑިޓަރުން މިކަންކަމަށް ފަރުވާތެރިވެ، ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހޭކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު