11 ޑިސެންބަރު 2025

މޯލްޑިވްސް ވިޒިޓަރ ސަރވޭގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި

ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ވިޒިޓަރ ސަރވޭ (MVS) 2025 ގެ ދަށުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މޯލްޑިވްސް ވިޒިޓަރ ސަރވޭއަކީ ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ ފަރާތުން މައުލޫމާތު އެއްކުރުމަށް ހިންގާ "އެގްޒިޓް ސަރވޭ" އެކެވެ. މި ސަރވޭގެ ތެރެއިން ފަތުރުވެރިންގެ ޑެމޮގްރަފިކްސް (ޖިންސާއި އުމުރު ފަދަ މައުލޫމާތު)، ރާއްޖޭގައި ކުރެވުނު ތަޖުރިބާތަކާއި، ރާއްޖޭގެ ޓޫރިޒަމްގެ އުފެއްދުންތަކާއި ހިދުމަތްތަކާ ބެހޭ ގޮތުން ފަތުރުވެރިން ދެކޭ ގޮތްފަދަ މުހިންމު މައުލޫމާތުތައް އެއްކުރެއެވެ.

މިފަދަ މައުލޫމާތުތަކަކީ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށްޓަކައި، ދެނެގަތުންތަކަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ މުހިންމު ބާރެއް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގެ މާކެޓުގައި ރާއްޖެއަކީ އެންމެ ކުރީގައި އޮންނަ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވާދަވެރިކަން ވަރުގަދަކުރުމުގައި ވެސް މި ސަރވޭގެ ނަތީޖާތަކުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު