15 ޖަނަވަރީ 2026

ޤިބްލަ ޙައްޖު އެންޑް ޢުމްރާއިން ޢުމްރާއަށްދާން ރަޖިސްޓްރީކުރާ ގްރޫޕްތަކަށް ޚާއްސަ ޑިސްކައުންޓެއް!

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން 2026 ވަނަ އަހަރު ޢުމްރާއަށް ދާން ރަޖިސްޓްރީކުރާ ގްރޫޕްތަކަށް ޚާއްސަ ޑިސްކައުންޓެއް ލިބޭނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. އަންނަ އަހަރުގެ ޢުމްރާ ދަތުރުތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.

ރަމަޟާންމަސް ހިމެނޭހެން އަންނަ އަހަރު 6 މަހެއްގައި ޢުމްރާ ދަތުރުތައް ބޭއްވުމަށް ޤިބްލަ ޙައްޖު އެންޑް ޢުމްރާއިން ވަނީ ނިންމާފައެވެ. ޢުމްރާ ދަތުރުތަކުގެ ތަފްސީލް:

* ޖަނަވަރީ ދަތުރު: 9 ޖަނަވަރީ އިން 23 ޖަނަވަރީ އަށް

* ރަމަޟާން ކުރި ދަތުރު: 13 ފެބްރުއަރީ އިން 27 ފެބްރުއަރީ އަށް

* މުޅި ރަމަޟާން ދަތުރު: 18 ފެބްރުއަރީ އިން 27 މާރޗް އަށް

* ރަމަޟާން މަހުގެ ފަހު 15 ދަތުރު: 3 މާރޗް އިން 27 މާރޗް އަށް

* ޖުލައި ދަތުރު: 17 ޖުލައި އިން 31 ޖުލައި އަށް

* ސެޕްޓެމްބަރ ދަތުރު: 11 ސެޕްޓެމްބަރ އިން 25 ސެޕްޓެމްބަރ އަށް

* ޑިސެމްބަރ ދަތުރު: 18 ޑިސެމްބަރ އިން 01 ޖަނަވަރީ އަށް

 

އެ ކުންފުނިން ވިދާޅުވީ، ޢުމްރާ ދަތުރުތަކުގައި ރަޖިސްޓްރީކުރާ ގްރޫޕްތަކަށް ވަރަށް ޚާއްސަ ޑިސްކައުންޓްތަކެއް އެ ކުންފުނިން ދެމުންއަންނަ ކަމަށެވެ. މި ޑިސްކައުންޓްތައް އަންނަ އަހަރުގެ ހުރިހައި ދަތުރުތަކަކުންވެސް ލިބޭނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕަކީ 2019 ވަނަ އަހަރުން ފެށިގެން ޢުމްރާއަށް މީހުން ގެންދަމުން އަންނަ ކުންފުންޏެކެވެ. ފާއިތުވި 6 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައެވެ.

ކުންފުންޏާއިއެކު ޢުމްރާއަށްދާ މީހުން ބުނާގޮތުން ޢުމްރާ ދަތުރުތަކުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމައަށެވެ. ދީނީ ގިނަ މައުލޫމާތުތަކެއް ކުންފުނިން ފޯރުކޮށްދެމުން އާދެއެވެ. ޢުމްރާ ދަތުތައް ތައްޔާރުވާން ފެށުމާއި ހަމައިން ދަތުރުގެ ތެރެއިން އަދި ދަތުރު ނިމި އެނބުރި ޤައުމަށް އަންނަންދެންވެސް ޓީމުގެ ފަރާތުން ވަރަށް ގާތުން އަޅުކަމާއި ގުޅޭ އެންމެ ފުރިހަމަ މައުލޫމާތުތައް ފޯރުކޮށްދެމުންދާކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޓީމަކީ ޒުވާން އަދި އެންމެންނާއިވެސް ގުޅޭ ޓީމެއްކަމަށް ޢުމްރާއަށްދާ ފަރާތްތަކުން ދަތުރުގެ ތެރެއިންނާއި އަދި ދަތުރުން އެނބުރި އައިސް ދޭ ރިވިއުތަކުން ހާމަވެއެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ވިދާޅުވީ، ކުންފުނީގެ އަމާޒަކީ ޢުމްރާއަށްދާ ފަރާތްތަކަށް ފުރިހަމައަށް އަޅުކަން އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުންކަމަށެވެ. ދަތުރުތަކުގައި ދީނީ ގިނަ މައުލޫމާތުތަކެއް ދެމުންއަންނައިރު ކެއުންތައްވެސް އިންތިޒާމްކޮށްފައި ހުންނާނީ ދިވެހިންނާއި ގުޅޭގޮތައް ދިވެހި ރަހަތަކާއިއެކުގައިކަން ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު