11 ފެބުރުވަރީ 2026
އަޙްމަދު ޞަބާހު, ފޮޓޯ: ކަރެކްޝަންސް

ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އާ ބޭފުޅަކު އައްޔަން ކުރައްވައިފި

ރާއްޖޭގެ ޖަލުތައް ބަލަހައްޓާ އެ އިދާރާ، ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އާ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ކަރެކްޝަންސްއިން ވިދާޅުވީ އެ އިދާރާގެ ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަޙްމަދު ޞަބާހު ޑެޕިއުޓީ ކޮމިޝަނަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޔަން ކުރައްވާފައިވާ ކަމަށެވެ. އޭނާ ވަނީ ކަރެކްޝަނަލް ސާވިސް އަށް 21 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އެންމެ ފަހުން ހުންނެވީ އިބްރާހީމް މުހައްމަދު ދީދީ އެވެ. ނަމަވެސް ކަރެކްޝަންސް އަށް ވިއްސަކަށް އަހަރު ޚިދުމަތް ކުރެއްވުމަށްފަހު، މިދިޔަ މަހުގެ 26 ގައި އޭނާ ވަނީ އެ މަގާމުން ރިޓަޔާ ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު