އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވާޑް އިންޓަ މިއާމީ ކެޕްޓަން އަދި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަށް ލިބިއްޖެއެވެ.
މިއީ މެސީ އަށް މި އެވާޑް ލިބުނު ދެވަނަ ފަހަރެވެ. އޭނާއަކީ މިދިޔަ ސީޒަނުގެވެސް މޮޅުކުޅުންތެރިޔާއެވެ.
މި ސީޒަނުގައި މެސީ ވަނީ އިންޓަ މިއާމީއަށް ކުޅެދިން 49 މެޗުގައި 43 ގޯލު ޖަހާ 28 އެސިސްޓް ކޮށްދީފައެވެ.
އަދި އޭނާގެ ކެޕްޓަން ކަމުގެ ދަށުން އިންޓަ މިއާމީ އިން ވަނީ އެޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެމްއެލްއެސް ކަޕުގެ ތަށި އުފުލާލައިފައެވެ.



