ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރޭންކްފާޓް 2:1 އިން ބަލިކޮށް ބާސެލޯނާ އިން ތާވަލުގެ ގަދަ 8 އަށް އެރުމުގެ އުއްމީދު އާކޮށްފިއެވެ.
މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ފްރޭންކްފާޓްއިންނެވެ. 1:0 އިން ފްރޭންކްފާޓް ކުރީގައި އޮވެގެނެވެ.
ނަމަވެސް ދެވަނަ ހާފުގައި ބާސާގެ ކުންޑޭ ވަނީ ކައިރިކައިރީގައި ދެ ގޯލު ޖަހާ ބާސާއަށް ލީޑު ނަގާދީފައެވެ.
ޗެމްޕިއަންސްލީގުގެ އައު ފޯމެޓް އޮންނަ ގޮތުން ތާވަލުގެ ގަދަ 8 ޓީމު ޑައިރެކްޓް ކޮން ރައުންޑް އޮފް 16 އަށް ކޮލިފައިވާނެއެވެ.
ދެން ތާވަލުގެ 9-24 ވަނައިގައި ގްރޫޕް ސްޓޭޖް ނިންމާލާ ޓީމުތައް ޖެހެނީ ދެވަނަ ބުރަށް ކޮލިފައިވުމަށް ޕްލޭއޮފް ކުޅޭށެވެ.
މިރޭގެ މެޗުގެ ނަތީޖާއަކު ބާސާ އޮތީ ކުޅުނު 6 މެޗުން ދިހަ ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގައެވެ. ބާސާ އަދި ތާވަލުގެ 8 ވަނައިގައި އޮތް ލިވަޕޫލް އާ އޮތީ 2 ޕޮއިންޓުގެ ތަފާތެކެވެ.
އެހެންކަމުން ގްރޫޕް ސްޓޭޖްގައި ބާކީ އޮތް ދެ މެޗުން މޮޅުވެގެން ތާވަލުގެ ގަދަ 8 އަށް އެރުމުގެ ފުރުސަތު ބާސާ އަށް ވަރަށް ބޮޑެވެ.



