14 ޖަނަވަރީ 2026

ޔުއެފާ ޗެމްޕިއަންސް ލީގު: އެޓަލާންޓާ އިން ޗެލްސީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެޓަލާންޓާ 2:1 އިން ޗެލްސީ ބަލިކޮށްފިއެވެ.

މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި އެޓަލާންޓާ އިން ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެޗުގެ ކުރީކޮޅު ޗެލްސީގެ ޕެޑްރޯ ވަނީ ލަނޑެއްޖަހާ މެޗުގެ ލީޑު ނަގާދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި އެޓަލާންޓާ އިން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހާފައެވެ.

މި މެޗުން ލިބުނު މޮޅާއެކު އެޓަލާންޓާ އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި ޗެލްސީ ވަނީ 11 ވަނައަށް ވެއްޓިފައެވެ.

ލީގުގައި ދެން ކުޅުނު މެޗުތަކަށް ބަލާއިރު ލިވަޕޫލްއިން ވަނީ 1:0 އިން އިންޓަ މިލާން ބަލިކޮށްފައެވެ. އަދި ޓޮޓެންހަމް އިން 3:0 އިން ސްލާވިއާ ޕްރޭގް ބަލިކުރިއިރު އެތްލެޓިކޯ މެޑްރިޑްވެސް ވަނީ 3:2 އިން ޕީއެސްވީ ބަލިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު