14 ޖަނަވަރީ 2026

އަންނަ މާރިޗުގެ ނިޔަލަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ވަޞީލަތް ޤާއިމުކުރެވޭނެ: މިނިސްޓަރު

ބޮޑު ކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ ހުރިހާ ކަންބޮޑުވުމަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުންދާ އިހުތިޖާޖުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ބޮޑު ކަންނެލި މަސްވެރިންގެ އެއް ކަންބޮޑުވުމަކީ މަސް ވިއްކުމަށްފަހު ފައިސާ ލިބުން ލަސްވުމެވެ. މިހާރު ބޮޑު ކަންނެލި ގަންނަނީ އަމިއްލަ ކުންފުނިތަކުން ކަމަށާއި، ބައެއް ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު 1.5 މިލިޔަން ރުފިޔާއަށް އަރާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މަސްވެރިން ބޭނުންވަނީ ސަރުކާރުން މަސް ގަތުމަށް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މި ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި މަސް ޕްރޮސެސިން ފެސިލިޓީއެއް އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމަށްޓަކައި ހުޅުމާލޭ ބަނދަރުން 25 ހާސް އަކަފޫޓު ޖާގަ ހޯދާފައިވާ ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދާނީ ޕީއެސްއައިޕީ މޮޑެލްއަށް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކަމަށް ވެސް ވިދާޅުވިއެވެ. ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު އިކޮނޮމިކް ކައުންސިލަށް ފޮނުވައި، ކޮންޓްރެކްޓަރާ އެކު ސޮއިކުރުމަށްފަހު ޖެނުއަރީ މަހުގެ ކުރީކޮޅު ޢަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ބޮޑު ކަންނެލީގެ މަސްވެރިންގެ ދެވަނަ ކަންބޮޑުވުމަކީ އަގުހެޔޮކޮށް ތެޔޮ ނުލިބުމެވެ. މިކަމަށް ހައްލު ހޯދައިދިނުމަށް، ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު"ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ވަޞީލަތްތައް ޤާއިމުކޮށް، އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ނިންމާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށަކުން ތެޔޮ ފޯރުކޮށްދޭނެ ކަމަށާއި، މި ސްކިޓްތައް ޤާއިމުކުރުމުން ހުރިހާ ބާވަތެއްގެ މަސްވެރިކަންކުރާ ފަރާތްތަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ހޯދައިދީ، މި ސިނާޢަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދިނުމެވެ. މިހާތަނަށް ވެސް ސަރުކާރުން ވަނީ މަސްވެރިންގެ އެތައް ކަންބޮޑުވުމަކަށް ހައްލު ހޯދައިދީފައެވެ. އެގޮތުން ކުރީ ސަރުކާރުން ނުދީ ހިފެހެއްޓި މަސް ފައިސާ މަސްވެރިންނަށް ދީ، މިހާރު މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ވަނީ ފަށާފައެވެ. އަދި އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް، ލޮނުފެނުން މަސް ފިނިކުރާ އާރުއެސްޑަބްލިޔު (RSW) ނިޒާމު އޮޑިފަހަރުގައި ޤާއިމުކޮށްދިނުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު