ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ސިޓީއިން ރެއާލްމެޑްރިޑް ބަލިކޮށްފިއެވެ.
ސިޓީން ރެއާލް ބަލިކުރީ އެޓީމުން އެއްލަނޑު ޖަހާ ކުރީގައި ވަނިކޮށް ފަހަތުން އަރާ ކައިރިކައިރީގައި ދެ ލަނޑުޖަހާ 2:1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން 3 ވަނަ މިނެޓުގައި ރެއާލް އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ރެއާލް އަށް މެޗުގެ ލީޑު ނަގާދިނީ 28 ވަނަ މިނެޓުގައި ރޮޑްރީގޯއެވެ.
ނަމަވެސް އޭގެ މާގިނައިރުތަކެއްނުވަނީސް 35 ވަނަ މިނެޓުގައި ސިޓީގެ ނީކޯ އޯރައިލީ ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ.
އަދި 5 މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ހާލަންޑް ވަނީ ސިޓީއަށް މެޗުގެ ލީޑު ނަގާދީފައެވެ.
މި މޮޅާއެކު ސިޓީ ވަނީ 13 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައަށް ޖެހިލާފައެވެ.
އަދި ރެއާލް ވަނީ 7 ވަނައަށް ވެއްޓިފައެވެ.



