15 ޖަނަވަރީ 2026

އަލޮންސޯއަށް ފުރިހަމަ އިތުބާރު އެބައޮތް: ރެއާލް މެޑްރިޑް

ރެއާލްމެޑްރިޑްގެ ފޯމް ދަށްވެފައިވާ މި ދަނޑިވަޅުގައި ކޯޗު ޒަބީ އަލޮންސޯ އަށް ކްލަބުގެ ފުރިހަމަ އިތުބާރާއި ތާއީދު އެބައޮތްކަމަށް އެކްލަބުން ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ސިޓީއަތުން ރެއާލް ބަލިވުމާ ގުޅިގެން އެކްލަބުގެ ކޯޗުކަމުން އަލޮންސޯ ވަކިކުރާނެކަމަށް މީޑިއާގައި ވަނީ އަޑުތައް ގަދަވެފައެވެ.

މީޑިއާތަކުން ބުނާގޮތުގައި ކޯޗު އަލޮންސޯ އާއި ރެއާލްގެ ކުޅުންތެރިންގެ ގުޅުން އެހާ ރަނގަޅެއްނޫނެވެ.

ނަމަވެސް ރޭގެ މެޗަށްފަހު ރެއާލްގެ ބައެއް ކުޅުންތެރިން ކަމުގައިވާ ރޮޑްރީގޯ، ޖޫޑް ބެލިންހަމް، ކޫޓުއާ އަދި އަސެންސިއޯ ވަނީ އަލޮންސޯއަށް ޓީމުން އިތުބާރު ކުރުމަށް ގޮވާލާފައެވެ.

އަދި އޭގެފަހުން މާ ގިނައިރުތަކެއްނުވަނީސް އެކްލަބުން މިވަނީ އަލޮންސޯއަށް ޓީމުގެ ތާއީދު އޮތްކަން ޔަގީންކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު