14 ޖަނަވަރީ 2026
މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވުން, ފޮޓޯ: ރައީސް އޮފީސް

މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރ. ދުވާފަރުގައި ހުޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވެވީ ރައީސުލްޖުމްހޫރިއްޔާ އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމުގެ ގޮތުން، ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު"ގައި ތެޔޮ ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ފިއުލް ޝެޑް ދުވާފަރުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި މި އިންތިޒާމު ހަމަޖެއްސުމެވެ. ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ ވަޢުދެކެވެ.

މަސްވެރިކަމުގެ ސިނާޢަތަކީ މި ސަރުކާރުން މުހިންމު އިސްކަމެއްދެއްވާ ދާއިރާއެކެވެ. އެގޮތުން، މި ސިނާޢަތަށް ވެފައިވާ ވަޢުދުތައް ފުއްދުމުގެ ގޮތުން، މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މަސްވެރިންނަށް ނުދައްކާ ހުރި ފައިސާ ދައްކާ ޚަލާސްކޮށް، މިހާރު 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުން ގެންދެއެވެ. އަދި ކުރިއަށް އޮތްތަނުގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ޤާއިމުކުރެވިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބަޔާންކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު