ރ. ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޚިދުމަތް ފެށީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
4000 މީހުންގެ އާބާދީއެއް ދިރިއުޅޭ ދުވާފަރުގައި ބަހުގެ ޚިދުމަތް ފެށުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އާރްޓީއެލްގެ ޚިދުމަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތެކެވެ. މިހާރުވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ބޮޑެތި ރަށްރަށާއި ސިޓީތަކުގައި މި ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.
President Dr @MMuizzu inaugurates RTL bus services in R. Dhuvaafaru, improving public transport accessibility and mobility for residents.#RayyithunGaathah#DhuvaafaruVisit#FishermensDay2025 pic.twitter.com/6feSseUXzK
— The President's Office (@presidencymv) December 13, 2025



