14 ޖަނަވަރީ 2026

ލަލީގާގެ އެއްވަނައިގައި ބާސާއަށް 8 ޕޮއިންޓުގެ ލީޑެއް

ލަލީގާގައި ރޭ އޮސަސޫނާ 2:0 އިން ބަލިކުރުމަށްފަހު ބާސެލޯނާއިން ލީގުގެ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ހާފު ނިމުނީ 0:0 އިންނެވެ.

ދެވަނަ ހާފުގައި ބާސެލޯނާ އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ.

އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ރަފީނިއާ ބާސާއަށް ލީޑު ނަގާދިންއިރު 86 ވަނަ މިނެޓުގައި އޭނާވަނީ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ.

މިނަތީޖާއާއެކު ބާސާއިން ވަނީ އެއްވަނައިގައި ހަމަޖެހިލައިފައެވެ. ނަމަވެސް ދެވަނައިގައި އޮތް މެޑްރިޑުން މިއަދު ކުޅޭ މެޗުން މޮޅު ވެއްޖެނަމަ ބާސާގެ ލީޑު 5 ޕޮއިންޓަށް ކުޑަވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު