އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ބްރައިޓަން 2:0 އިން ބަލިކޮށް ލިވަޕޫލަށް ހަމަޖެހުމެއް ލިބިއްޖެއެވެ.
ރޭގެ މެޗުގައި ފުރަތަމަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޖަހާދިނީ ފޯވަޑް ހޫގޯ އެކިޓެކޭއެވެ.
ލިވަޕޫލުގެ ދެވަނަ ލަނޑުވެސް 60 ވަނަ މިނެޓުގައި ޖަހާދިނީ އެކިޓެކޭއެވެ.
މި ނަތީޖާއާއެކު ލިވަޕޫލް ވަނީ 26 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައަށް ޖެހިލައިފައެވެ.



