އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެންމެ ކުރީގައި އޮތް 2 ޓީމު އާސެނަލް އަދި މެންޗެސްޓަރ ސިޓީވެސް މިރޭ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
އާސެނަލް އަދި ވޮލްވްސް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބުކުރީ 2:1 އިންނެވެ.
އާސެނަލްގެ ދެ ލަނޑަކީވެސް ވޮލްވްސްގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަން ދެ ލަނޑެވެ.
މެންޗެސްޓަރ ސިޓީ އަދި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ސިޓީ ކާމިޔާބުކުރީ 3:0 އިންނެވެ.
ސިޓީގެ ލަނޑުތައް ޖަހާދިނީ ހާލަންޑު އަދި ފޮޑޭންއެވެ.
މިރޭގެ މޮޅާއެކު އާސެނަލް އެއްވަނައިގައި އޮތީ 36 ޕޮއިންޓާއެކުއެވެ. އަދި ސިޓީ ދެވަނައިގައި އޮތީ 34 ޕޮއިންޓާއެކުއެވެ.



