14 ޖަނަވަރީ 2026

ވާދަވެރި ކުޅުމަކަށްފަހު މެންޗެސްޓަރ ޔުނައިޓެޑާއި ބޯންމައުތު އެއްވަރުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާއި އޭއެފްސީ ބޯންމައުތު ބައްދަލުކުރި މެޗު 4:4 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޔުނައިޓެޑުންނެވެ.

13 ވަނަ މިނެޓުގައި މި ލަނޑު ޖަހާދިނީ އަމަޑް ޑިއާލޯއެވެ. ނަމަވެސް މެޗުގެ 40 ވަނަ މިނެޓުގައި ބޯންމައުތުގެ އެންޓޮއިން ސެމެންޔޯ އެޓީމަށް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކަސެމީރޯ ވަނީ ލަނޑެއްޖަހާ ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ.

ނަމަވެަސް ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި ބޯންމައުތުން ނަތީޖާ އެއްވަރުކުރިއިރު 52 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއްޖަހާ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ.

ޔުނައިޓެޑުގެ 3 ވަނަ ލަނޑު ޖަހާދިނީ 77 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒްއެވެ. އަދި އޭގެ 2 މިނެޓު ފަހުން މެތިއަސް ކުންހާ ވަނީ ލަނޑެއް ޖަހާ އަނެއްކާވެސް ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ.

ބޯންމައުތުން ނަތީޖާ ހަމަހަމަކުރީ 84 ވަނަ މިނެޓުގައި ޖޫނިއާ ކްރޫޕީގެ ލަނޑުންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 26 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ. އަދި ބޯންމައުތު އޮތީ 21 ޕޮއިންޓާއެކު 13 ވަނައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު