14 ޖަނަވަރީ 2026
ވިޔަފާރިކުރަމުންދާ ތަންތަން އަމާާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ، ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ 74 ވިޔަފާރިއެއް ސަރުކާރުން ބަންދުކޮށްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ 74 ވިޔަފާރިއެއް ސަރުކާރުން ބަންދުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރި ފާސްކުރުމަށް ހިންގި ހަރަކާތުގައި މިދިޔަ މަހު 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް 74 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ 252 ޝަކުވާއެއް އެ މުއްދަތުގައި ލިބިފައިވާ ކަަމަށާއި، އެ ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފައިވާކަމަށް ވިދާޅުވެއެވެ. އެހެންކަމުން، އޭގެ ތެރެއިން 37 ވިޔަފާރިއެއް ބަންދުކުރި އިރު، މިނިސްޓްރީއާ ގުޅޭ ގާނޫނުތަކާ ހިލާފުވެގެން 25 ވިޔަފާރިއެއް އަދި އެހެނިހެން ގާނޫނުތަކާ ހިލާފުވެގެން ބަންދުކުރި 12 ވިޔަފާރިއަކާ އެކު ޖުމްލަ 74 ވިޔަފާރިއެއް ބަންދުކޮށްފައިވެއެވެ.

އެ މުއްދަތުގައި ބަންދުކުރި ވިޔަފާރިތަކުގެ ތެރެއިން އަލުން ހުޅުވަން ހުއްދަ ދިނީ އެންމެ 8 ވިޔަފާރިއަކަށް ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް، ވަކިވަކި ވިޔަފާރިތަކުގެ ތަފުސީލެއް މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

އެ މިނިސްޓްރީން މިފަދަ ފިޔަވަޅެއް އަޅުއްވާފައިވާއިރު، ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުންނާއި އިމިގްރޭޝަން އަދި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު