14 ޖަނަވަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނިއު ޔޯކްގެ މޭޔަރުކަމަށް އިންތިހާބުކޮށްފައިވާ ޒަހްރާން މަމްދާނީ އޯވަލް އޮފީހުގައި ބައްދަލުކުރައްވަނީ، ފޮޓޯ: އޭއެފްޕީ

ވެނެޒުއޭލާގެ ރައީސް ހައްޔަރުކުރުމަކީ ހަނގުރާމައިގެ އަމަލެއް ކަމަށް ބުނެ ނިއުޔޯކްގެ މޭޔަރު ފާޑުވިދާޅުވެއްޖެ

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަމްދާނީ ވަނީ މިއީ "ހަނގުރާމައިގެ އަމަލެއް" ގެ ގޮތުގައި ސިފަކުރައްވާފައެވެ.

މޭޔަރު މަމްދާނީ ވިދާޅުވީ، ފާޅުކަން ބޮޑު ގޮތެއްގައި ވެރިކަން ބަދަލުކުރުމަށް ކުރާ މިފަދަ މަސައްކަތްތަކުގެ ނޭދެވޭ އަސަރު ކުރާނީ ހަމައެކަނި ބޭރު ގައުމުތަކަށް ނޫން ކަމަށާއި، ނިއުޔޯކްގައި ދިރިއުޅޭ އެތައް ހާސް ވެނެޒުއޭލާގެ ރައްޔިތުންނަށް ވެސް މިކަމުގެ ސަބަބުން އަސަރުކުރާނެ ކަމަށެވެ.

މަމްދާނީގެ ބަޔާނުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، "ވެރިކަން ބަދަލުކުރުމަށް ކުރާ މިފަދަ ފާޅުކަން ބޮޑު މަސައްކަތްތަކަކީ" ބައިނަލްއަގުވާމީ މަސްރަހަށް ނުރައްކާވާނެ ކަމެކެވެ. އަދި ނިއުޔޯކް ސިޓީގައި ދިރިއުޅޭ ވެނެޒުއޭލާގެ އެތައް ހާސް ރައްޔިތުންނެއްގެ މަސްލަހަތާ މިކަން ގުޅިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު