މޮރޮކޯގައި މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކްއާޓަރ ފައިނަލުގައި އެފްރިކާގެ ގަދަ ދެބާރުކަމަށްވާ ކެމަރޫނާއި މޮރޮކޯ ވާދަކުރަން ޖެހިއްޖެއެވެ. ދެވަނަ ބުރުގައި މޮރޮކޯ މޮޅުވީ އާދީއްތަ ދުވަހު ކުޅުނު މެޗުން ޓެންޒޭނިއާ ހަނގޮތަކަށެވެ. މެޗު ފަށައިގެން ނިމެންދެންވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ މޮރޮކޯއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ގޯލެއް ނުޖެހިއެވެ. މި މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ މޮރޮކޯ ކެޕްޓަން ޕީއެސްޖީގެ ތަރި އަޝްރަފް ޙަކީމީ ދިން ބޯޅައަކުން ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ ބްރަހިމް ޑިއާޒްއެވެ. އެއީ މެޗުގެ 64 ހަތަރު ވަނަ މިނެޓްގައެވެ. ލިބޭ ކައުންޓަރ އެޓޭކްގައި ޓެންޒޭނިޔާއިންވެސް ވަނީ ހުސް ދެފުރުސަތު ހޯދާފައެވެ. ނަމަވެސް އެޓީމަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
ކެމަރޫން މޮޅުވީ ސައުތްއެފްރިކާ އާ ދެކޮޅަށް އާދީއްތަ ދުވަހު ކުޅުނު މެޗުން 2 ލަނޑު 1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ކެމަރޫންއެވެ. 34 ވަނަ މިނެޓްގައި ޗެމެޑިއޫ އާއި 47 ވަނަ މިނެޓްގައި ކޮފޭނޭއެވެ. ސައުތްއެފްރިކާގެ ހަމައެކަނި ގޯލު ޖެހީ މެޗު ނިމެން 2 މިނެޓަށްވެފައިވަނިކޮށް މަކްގޮޕާއެވެ.



