11 ފެބުރުވަރީ 2026
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް

ސިނގިރެޓް ވައްކަން ކުރި މީހުން ފައިސާ ހަރަދުކުރީ ޖުވާކުޅެން: ނާޒިމް

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރެޓްތަކެއް ވަގަށް ނެގި މީހުން، އެ ވައްކަމުން ލިބުނު ފައިސާ ބޭނުންކޮށްގެން ޖުވާ ކުޅެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ޖުވާކުޅުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، ވައްކަމުގެ ފައިސާއިން ޖުވާކުޅެގެން އިތުރު ނަފާ ހޯދަން އުޅުމުގެ ތެރޭގައި އެ ހުރިހާ ފައިސާއެއް އެމީހުންނަށް ގެއްލިފައިވާ ކަމަށެވެ.

ނާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޖުވާކުޅެގެން ލިބޭ ފައިސާ އެކައުންޓްތަކަށް ޖަމާކުރުމަށްޓަކައި ރާއްޖޭގައި ކުންފުނިތަކެއް ރަޖިސްޓްރީކޮށްގެން ހިންގަމުންދެއެވެ. އަދި ބޭންކުތަކަށް ޝައްކު ނުވާނޭހެން ކުދިކުދި އަދަދުތަކުން ފައިސާ ޖަމާކުރަމުންދާ ކަމަށާއި، މިއީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހެޅުއްވި މި ބިލުގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު