11 ފެބުރުވަރީ 2026

މީޑިއާ ވިލެޖު ގާއިމްކުރުމުގެ މަސައްކަތުގެ %70 ނިންމާލައިފި

ހުޅުމާލޭގައި ތަރައްޤީކުރާ މީޑިއާ ވިލެޖުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ހާމަކުރައްވައިފިއެވެ. މި މަޝްރޫޢަކީ ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ފެށި އިމާރާތުގައި ކުރިއަށްދާ މަސައްކަތެކެވެ.

މި އިމާރާތް ތަރައްޤީކޮށް ހިންގުމަށް ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، އެތަނުގައި "މަންހަޓަން ގްރޭންޑު"ގެ ނަމުގައި ހޮޓަލެއްގެ އިތުރުން ޔޫތު ސެންޓަރަކާއި، މެޑިކަލް ކޮލެޖެއް އަދި ތަރިކަ ކޮލެޖެއްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 3.5 ފަންގިފިލާ ޚާއްޞަކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި މުހިންމު ކަންކަމަށެވެ.

މީޑިއާތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ އިތުރުން، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ޝަރުތުހަމަވާ 39 މީޑިއާއަކަށް ފައިސާ ދިނުމުގެ ކަންކަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާއި ކަމާބެހޭ ވުޒާރާ ގުޅިގެން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު