14 ޖަނަވަރީ 2026
ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓް، ފޮޓޯ: ލަގްޒަރީ ޓްރެވެލް މެގަޒިން

ރާއްޖޭގައި އިތުރު 7 ރިސޯޓު ހުޅުވަން ތައްޔާރުވެއްޖެ

މި އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް 7 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ ބުލްގާރީ، ސިކްސް ސެންސަސް އަދި ދިންމާގާ ފަދަ ރިސޯޓުތައް ހިމެނެއެވެ. މިދިޔަ އަހަރުވެސް ރާއްޖޭގައި ވަނީ 6 ރިސޯޓެއް އަލަށް ހުޅުވާފައެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ޖުމްލަ އަދަދު ވަނީ 178 އަށް އަރާފައެވެ. މިއާއެކު ރިސޯޓު އެނދުގެ ޖުމްލަ އަދަދު ވަނީ 44,697 އަށް އިތުރުވެފައެވެ. ރާއްޖޭގައި އެންމެ ގިނަ އެނދު ހުރީ މާލެ އަތޮޅުގައެވެ. އެއީ މުޅި ރާއްޖޭގެ އެނދުގެ ނިސްބަތުން 31 އިންސައްތައެވެ.

ފާއިތުވި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބުނު އަހަރެކެވެ. އެގޮތުން 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، 5.4 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15.8 އިންސައްތައިގެ އިތުރުވުމެއް ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފަތުރުވެރިކަމުން ރެކޯޑު އާމްދަނީއެއް ލިބުނު އަހަރެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

މި އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް 7 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ ބުލްގާރީ، ސިކްސް ސެންސަސް އަދި ދިންމާގާ ފަދަ ރިސޯޓުތައް ހިމެނެއެވެ. މިދިޔަ އަހަރުވެސް ރާއްޖޭގައި ވަނީ 6 ރިސޯޓެއް އަލަށް ހުޅުވާފައެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ޖުމްލަ އަދަދު ވަނީ 178 އަށް އަރާފައެވެ. މިއާއެކު ރިސޯޓު އެނދުގެ ޖުމްލަ އަދަދު ވަނީ 44,697 އަށް އިތުރުވެފައެވެ. ރާއްޖޭގައި އެންމެ ގިނަ އެނދު ހުރީ މާލެ އަތޮޅުގައެވެ. އެއީ މުޅި ރާއްޖޭގެ އެނދުގެ ނިސްބަތުން 31 އިންސައްތައެވެ.

ފާއިތުވި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބުނު އަހަރެކެވެ. އެގޮތުން 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، 5.4 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15.8 އިންސައްތައިގެ އިތުރުވުމެއް ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފަތުރުވެރިކަމުން ރެކޯޑު އާމްދަނީއެއް ލިބުނު އަހަރެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު