14 ޖަނަވަރީ 2026

މި އަހަރު މިހާތަނަށް މަސްވެރިންނަށް 10.4 މިލިޔަން ރުފިޔާ ދޫކޮށްފި

މިއަހަރުގެ ފުރަތަމަ 9 ދުވަހުގެ ތެރޭގައި މަސްވެރިންނަށް 10.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 64 އިންސައްތަ ދަށް އަދަދެއް ނަމަވެސް، މި ބަދަލު އައީ މޫސުން ގޯސްވުމުގެ ސަބަބުން މަސްވެރިން މަހަށް ނުކުތް މިންވަރު މަދުވުމުން ކަމަށް އެ ކުންފުނިން ބުނެއެވެ. މި މުއްދަތުގައި އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ސަރުކާރުގެ އައު ސިޔާސަތުގެ ދަށުން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފަށާފައިވާއިރު، މި ބަދަލާއެކު މަސްވެރިކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މީގެ އިތުރުން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.

މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ރާއްޖޭގައި މަސް ރައްކާކުރެވޭ މިންވަރު ދެގުނަ ކުރުމާއި، ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީކުރުން ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ މި ސިނާޢަތް ސިންދަފާތުކޮށް، މަސްވެރިކަމަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަށް ހެދުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު