14 ޖަނަވަރީ 2026
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ، ފޮޓޯ: ސިޓީސް މިނިސްޓްރީ

އެ ރަށެއްގެ ޚާއްޞަކަން ނުގެއްލޭނެހެން ތަރައްޤީ ގެނައުން މުހިންމު: ވަޒީރު އާދަމް ޝަރީފް

ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރަންވާނީ އެ ރަށެއްގެ ޤުދުރަތީ އަދި ތާރީޚީ ޚާއްޞަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބ. ދަރަވަންދޫގެ ޚިދުމަތްތެރިންގެ އަގުވަޒަން ކުރުމަށް ބޭއްވި "މަގޭ ދަރަވަންދޫ އެވޯޑު 2025″ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށަށް އުމްރާނީ ތަރައްޤީ ގެންނައިރު، ރަށުގެ އަމިއްލަވަންތަކަމާއި ވެށި ޙިމާޔަތް ކުރުމަށް އިސްކަންދޭން ޖެހޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް މަގުތައް ހެދުމާއި އެހެނިހެން ވަސީލަތްތައް ޤާއިމު ކުރާއިރުވެސް، އެ ރަށަކަށް ލިބިފައިވާ ޚާއްޞަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް މަޝްރޫޢުތައް ބައްޓަން ކުރުމުގެ މުހިންމުކަން ވަޒީރު ބަޔާންކޮށްދެއްވިއެވެ.

ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށާއި، ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަންވާނީ އެންމެން ގުޅިގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިހާރުވެސް ބައެއް ރަށްރަށުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް، ތާރު ނާޅައި މަގުތައް ތަރައްޤީ ކުރުން ފަދަ ރައްޔިތުން އެދޭ ގޮތަށް މަޝްރޫޢުތައް ކުރިއަށްދާކަން ފާހަގަކުރެވިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު