14 ޖަނަވަރީ 2026

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ލިބިފައިވޭ

ނިމިދިޔަ 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %4.8 އިތުރު އަދަދެކެވެ. އަހަރުގެ ތެރޭގައި އެންމެ ގިނައިން ޒަކާތް ބަލައިގަނެފައިވަނީ މާރިޗު މަހުގައެވެ.

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ 21 ޑިސެމްބަރު 2024 ގައެވެ. މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19,527.90 ރުފިޔާއެވެ. މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މަރުކަޒީ ބޭންކުން ހާމަކުރާ އަގުތަކުގެ މައްޗަށް ބިނާކޮށް ޒަކާތު ހައުސްއިންނެވެ.

މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރަނީ މީރާއިންނެވެ. މީރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކަށްވެސް އެމީހެއްގެ މުދަލުން ޒަކާތް ދައްކަންޖެހޭ މިންވަރު އަމިއްލައަށް ބަލާލެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު