11 ފެބުރުވަރީ 2026
މިސްރު ކުޅުންތެރިން އުފާފާޅުކުރަނީ

އެންމެ ފަހުގެ ޗެމްޕިއަން ކަޓުވާލައި މިސްރު ސެމީއަށް

އެފްރިކަން ނޭޝަންސް ކަޕް އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓް ކަޓުވާލާ މުބާރާތުގެ ފައިނަލުން މިސްރު ޖާގަ ހޯދައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ކްއާޓަރ ފައިނަލް މެޗުން މިސްރު މޮޅުވީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ މިސްރުންނެވެ. 4 ވަނަ މިނެޓްގައި މިސްރުގެ ފުރަތަމަ ގޯލު ޖެހީ އިނގިރޭސި ކްލަބު މެންޗެސްޓަރ ސިޓީގެ ފޯވާޑް އުމަރު މަރްމޫޝްއެވެ. އަދި 32 ވަނަ މިނެޓްގައި ޞަލާހު ނެގި ކޯނަރަކުން ބޮލުން ޖަހާ އެޓީމުގެ ޑިފެންޑަރ ރަމީ ރަބިއާ މިސްރަށް ލީޑު ފުޅާކޮށްދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އައިވަރީ ކޯސްޓުން ވަނީ ގޯލެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ގޯލަކީ އައިވަރީ ކޯސްޓްގެ ކުޅުންތެރިޔެއް ނެގި ހުރަހެއް މިސްރުގެ ޑިފެންޑަރެއް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

ދެވަނަ ހާފު ފަށައިގެން 52 ވަނަ މިނެޓްގައި މިސްރު ކެޕްޓަން ޞަލާހު ގޯލެއް ޖަހާ ސެމީގެ އުއްމީދު ބޮޑުކޮށްދިނެވެ. މުޅި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާ އުފައްދަމުން ދިޔަ އައިވަރީ ކޯސްޓުގެ ޑިފެންޑަރެއް 73 ވަނަ މިނެޓްގައި ގޯލެއް ޖަހާ އައިވަރީ ކޯސްޓަށް ހިއްވަރު ހޯދައިދިނެވެ. ނަމަވެސް މެޗު ނިމުނީ އިތުރު ގޯލެއް ނުޖެހި މިސްރު މޮޅުވެގެންނެވެ.

14 ޖެނުއަރީގައި ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިސްރާ ދެކޮޅަށް ނިކުންނާނީ ސެނެގޯލެވެ.

މުބާރާތުގެ ފެވަރިޓެއްކަމަށްވާ ނައިޖިރިއާ ވަނީ ކްއާޓަރ ފައިނަލްގައި އަލްޖީރިރާ 2-0 އިން ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ހޮނިހިރު ދުވަހު ކުޅުނު ކްއާޓަރ ފައިނަލްގައި މުޅި މެޗުގައި ވެސް މޮޅަށް ކުޅުނީ ނައިޖީރީއިންނެވެ. އަދި ގިނަ ފުރުސަތުތައް ހޯދާ އަލްޖީރިއާ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. ނަމަވެސް ނައިޖީރިއާއަށް ގޯލެއް ޖެހުނީ ފަހު ހާފުގައެވެ. 47 ވަނަ މިނެޓްގައި މި ގޯލު ޖަހައިދިނީ ތުރުކިއޭ ގެ ގަލަތަސަރާއީ އަށް ކުޅެމުން އަންނަ ވިކްޓަރ އޮސިމްހެންއެވެ. އަދި އޭގެ 10 މިނެޓް ފަހުން ނައިޖީރީ ދެވަނަ ގޯލު ޖެހީ އޮސިމްހެން ހުސްކޮށްލާފައި ދިން ބޯޅައަކުން ކީޕަރުވެސް ކަޓުވާފައި އެ ޓީމުގެ އަކޯރ އެޑަމްސްއެވެ.

ސެމީފައިނަލްގައި ނައިޖީރިއާ ނިކުންނާނީ މުބާރާތް ބާއްވާ މޮރޮކޯއާ ދެކޮޅަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު