9 ފެބުރުވަރީ 2026
މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް

މަޖިލިސް ހުޅުވާ ޖަލްސާ އަންނަ މަހު 5 ގައި ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ތާވަލުކޮށްފިއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން އޮންނާނެއެވެ.

މަޖިލިސް މިވަގުތު ޗުއްޓީގައި އޮތް ނަމަވެސް، ދާދި ފަހުން ވަނީ ޚާއްޞަ ޖަލްސާއެއް ބާއްވައިފައެވެ. މި ޖަލްސާގައި ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުތަކުގެ ބަހުސް ކުރިއަށް ގެންގޮސް، އެ ބިލުތައް ވަނީ ކޮމިޓީ މަރުހަލާއަށް ފޮނުވާފައެވެ.

ނިމިދިޔަ 2025 ވަނަ އަހަރުގެ މަޖިލީހުގެ ދައުރުތައް ބެހިގެންދިޔަ ގޮތަށް ބަލާއިރު، ފުރަތަމަ ދައުރު ފެބްރުވަރީން މޭ މަހަށް، ދެވަނަ ދައުރު ޖޫން އިން އޮގަސްޓަށް، އަދި ތިންވަނަ ދައުރު އޮކްޓޯބަރުން ނޮވެމްބަރުގެ ނިޔަލަށް ކުރިއަށް ގޮސްފައިވެއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އަހަރުގެ ފަހު ދައުރު ނޮވެމްބަރު 30 އަށް ނިންމަން ޖެހުނު ނަމަވެސް، 2025 ވަނަ އަހަރުގެ ފަހު ދައުރު ނިންމާލައި މެންބަރުން ޗުއްޓީއަށް ވަޑައިގަތީ ދައުރު އިތުރުކުރުމަށްފަހު ޑިސެމްބަރު 15 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު