14 ޖަނަވަރީ 2026
ސްޓެލްކޯއިން ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ވަޒީފާ ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ އެމްޑީގެ މަޤާމުން ޝަމާޙް ވަކިކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން އަޙްމަދު ޝަމާޙް ރަޝީދު ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަންއިން ވިދާޅުވީ ޝަމާޙް މަޤާމުން ވަކިކުރީ މިއަދުކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބު ހާމަކުރައްވާފައިނުވެއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެހެންކަމުން އޭނާ މަޤާމުގައި ހޭދަވެފައިވަނީ 4 މަސް ދުވަހެވެ.

އެ މަޤާމަށް ޝަމާޙު އައްޔަނުކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން، ޙުސައިން ފަހުމީ ވަކިކުރުމަށްފަހުގައެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް އައްޔަންކުރުމުގެ ކުރިން އަޙްމަދު ޝަމާޙް ވަނީ މިފްކޯގެ ސީއީއޯގެ މަޤާމުވެސް އަދާކޮށްފައެވެ. 2024 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި އޭނާ މަޤާމުން ވަކިކުރިއިރު އޭނާ ވަނީ އޭގެ ކުރިން މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު