14 ޖަނަވަރީ 2026
ފުނަދޫ ދަށްފަޅު، ފޮޓޯ: ފުނަދޫ ކައުންސިލް އިދާރާ

ފުނަދޫ ދަށްފަޅުގައި 50 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރަނީ

ށ. ފުނަދޫ ދަށްފަޅުގައި 50 ކޮޓަރި ނުވަތަ މަދުވެގެން 100 އެނދުގެ ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބިޑަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢަށް ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ މިއަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހެވެ. މި ސަރަހައްދަކީ ފްލެމިންގޯ ފަދަ މޫސުމީ ދޫނިތަކާއި މަޑް ކްރޭބް ފަދަ ތަކެތި އާލާވާ، ގުދުރަތީ ގޮތުން މުއްސަނދި ސަރަހައްދެކެވެ.

މި މަޝްރޫޢުގެ ދަށުން ފުނަދޫ ދަށްފަޅުގައި އީކޯ ޓޫރިޒަމް ތަރައްޤީކުރުމަށް ބޮޑު އިސްކަމެއް ދެވޭނެއެވެ. އެގޮތުން މި ސަރަހައްދުގައި އީކޯ ޕާކަކާއި، މޫދު ކުޅިވަރުގެ ވަސީލަތްތަކާއި، ދޫނި ބަލާނެ ޕްލެޓްފޯމަކާއި، މަޑް ކްރޭބް އާލާކުރާ މަރުކަޒެއްގެ އިތުރުން ފްލޯޓިން ރެސްޓޯރެންޓެއް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. މި މަސައްކަތުގެ ޑީޓެއިލް ޑިޒައިން އެކުލަވާލުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ ގްލޯބަލް އެންވާރްމަންޓް ފެސިލިޓީ (ޖެފް) އާއި އައި.ޔޫ.ސީ.އެން ގެ އެހީގައި ކުރިއަށްގެންދާ 'ކެޓެނޭޓް' ޕްރޮޖެކްޓުގެ ބައެކެވެ. މީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ނިޒާމެއް ގާއިމުކުރުމެވެ. މި މަޝްރޫޢުގެ ސަބަބުން ފުނަދޫގެ އިގްތިސާދަށް ކުރިއެރުން ލިބި، ރަށުގެ ރައްޔިތުންނަށް މާލީ ފައިދާ ލިބޭނެ ގޮތްތަކާއި ސްޓާޓަޕް ގްރާންޓް ފަދަ ފުރުސަތުތައް ފަހިވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު