14 ޖަނަވަރީ 2026

އޮޕަރޭޝަން އަލިމަގުގެ ދަށުން 10 ތަނެއް ބަލައި ފާސްކޮށް، 4 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ހިންގާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މިއަދު މާލެ ސަރަހައްދާއި ގއ. އަތޮޅުގައި ޚާއްޞަ ހަރަކާތްތަކެއް ވަނީ ފަށާފައެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް، 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މިއަދު ހެނދުނު ފެށި މި މަސައްކަތަކީ ވަކިން ޚާއްޞަކޮށް ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ނޮވެމްބަރު 13 ގައި ފެށި "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ހަރަކާތްތައް ހިންގާފައިވާއިރު، މި ސިލްސިލާ އޮޕަރޭޝަންތަކުގައި ޖުމްލަ 100 އާ ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު