ފުޓްބޯޅަ ލެޖެންޑް ޒްލަޓާން އިބްރަހިމޮވިޗްގެ ދަރިފުޅު މެކްސިމިލިއަން އިބްރަހިމޮވިޗް ލޯނު އެއްބަސްވުމެއްގެ ދަށުން އަޔަކްސް އާ ގުޅުމަށް ތައްޔާރުވެއްޖެއެވެ.
މިލާނާއި އަޔެކްސްއާ ދެމެދު މިހާރު ކުރިއަށްދަނީ މެކްސިމިލިއަން އިބްރަހިމޮވިޗްގެ ލިޔެކިޔުންތައް ބަދަލުކުރުމުގެ މަސައްކަތެވެ. އޭނާ ރޮސޮނޭރީ (މިލާން) ދޫކޮށް ނެދަލެންޑްސްގައި އާ ތަޖުރިބާއެއް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.
ޒްލަޓާން އިބްރަހިމޮވިޗް އެމްސްޓެރެޑަމްއަށް ދިޔަތާ ގާތްގަނޑަކަށް 22 އަހަރު ފަހުން، އިބްރަހިމޮވިޗްގެ އާއިލާގެ އެހެން މެންބަރަކު އަޔެކްސްގެ ތާރީޚީ ޖާޒީގައި ފެނިގެންދާނެއެވެ. މިއީ މާޒީގެ ހަނދާންތައް އާކޮށްދޭ ކަމެއް ނަމަވެސް، މިއީ އޭނާ އަމިއްލައަށް ލިޔަން އޮތް އާ ސަފުހާއެކެވެ.
މި އެއްބަސްވުން ނިންމާފައިވަނީ ލޯނު އުސޫލުން، 3.5 މިލިއަން ޔޫރޯއަށް ދާއިމީކޮށް ގަނެވޭ ގޮތަށެވެ. 2006 ވަނަ އަހަރު އުފަންވި މި ވިންގަރުގެ މުސްތަގުބަލުގެ ކޮންޓްރޯލް މިލާނުން ފުރަތަމަ ހިފެހެއްޓި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އޭނާ އެހެން ކްލަބަކަށް ވިއްކާލައިފިނަމަ އޭގެ އިންސައްތައެއް ލިބޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. މިއީ މި ޒުވާން ސްވިޑަން ފޯވާޑްގެ ހުނަރަށް ކްލަބުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެކެވެ.
މެކްސިމިލިއަން އިބްރަހިމޮވިޗް ވަނީ މިލާން ފިއުޗޫރޯއާއެކު ސެރީ ސީ އަދި ސެރީ ޑީގައި ރަނގަޅު ކުޅުމެއް ދައްކައި، ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މި ސީޒަނުގައި އޭނާ ވަނީ 16 މެޗު ކުޅެ، 5 ލަނޑު ޖަހައި 4 އެސިސްޓް ހޯދައިދީފައެވެ.



