9 ފެބުރުވަރީ 2026

އެމްޑީޕީ ޕްރައިމަރީ ވޯޓުލުން ހުކުރު ދުވަހު ރާއްޖޭގެ ސްކޫލުތަކުގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މި ހުކުރު ދުވަހު ސްކޫލްތަކުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިގޮތުން މާލެ ސަރަހައްދާއި އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ވޯޓުފޮށިތައް ބަހައްޓާނީ އެ ރަށްރަށުގެ ސްކޫލްތަކުގައެވެ.

މާލެ ސަރަހައްދުގައި މަޖީދިއްޔާ، ގަލޮޅު މަދުރަސާ، ހިރިޔާ އަދި އިސްކަންދަރު ސްކޫލުގައި ވޯޓުފޮށި ބަހައްޓާއިރު، ހުޅުމާލޭގައި ޣާޒީ އަދި ކާމިލްދީދީ ސްކޫލުގައި، އަދި ވިލިމާލޭގައި މުޙްޔިއްދީން ސްކޫލުގައި ވޯޓުލުން ކުރިއަށްދާނެއެވެ. މީގެ އިތުރުން ކުރިން ކަލާފާނު ސްކޫލުގައި ބެހެއްޓުމަށް ނިންމި ބައެއް ރަށްތަކުގެ ފޮށިތައް މިހާރު ވަނީ މަޖީދިއްޔާ ސްކޫލަށް ބަދަލުކޮށްފައެވެ.

މި ޕްރައިމަރީގައި ޖުމްލަ 152 ކެނޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި ކައުންސިލްތަކުގެ އެކި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް ހިމެނެއެވެ. މިއީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ސްކޫލްތަކުގައި ބޭއްވުމަށް ސަރުކާރުން އަލަށް ހުޅުވާލި ފުރުޞަތުގެ ދަށުން ބޭއްވޭ އިންތިޚާބެކެވެ. ސަރުކާރުގެ އައު ސިޔާސަތުގެ ދަށުން، ސްކޫލްތަކުގެ ކިޔެވުމަށް ދަތިނުވާނެހެން ބަންދު ދުވަސްތަކުގައި ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ސްކޫލްތައް ބޭނުންކުރުމުގެ ހަމަހަމަ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު