ބިދޭސީން ގިނަވުމުގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭ ގެއްލުން ބޮޑު

ބިދޭސީން ގިނަވުމުގެ ސަބަބުން ދިވެހި މުޖްތަމައަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ. އިޖްތިމާޢީ ގޮތުންނާއި އިޤްތިސާދީ ގޮތުން ޤައުމަށް ދިމާވާ މައްސަލަތަކާމެދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަބަދުމެ ވާހަކަ ދައްކަމުންދެއެވެ. މާލެއިން ފެށިގެންގޮސް އަތޮޅުތަކުގެ ރަށްރަށަށް ބަލާލިނަމަވެސް ފެނިގެން ދަނީ ބިދޭސީންގެ އަދަދު ގިނަވަމުންދާ ތަނެވެ. ބަލާލި ކޮންމެ ދިމާއަކުންމެ ފެންނަނީ ބިދޭސީ މަސައްކަތު މީހުންނެވެ. މި ކަމުން ދައްކައިދެނީ ޤައުމުގެ އެކި ދާއިރާތަކުގައި ބިދޭސީންގެ ވަކި ހިއްޕާލާފައިވާ މިންވަރެވެ. މިއީ ޤައުމަށް ހުރި ބޮޑު ނުރައްކަލެކެވެ.

ވަޒީފާއެއް ނެތި ދިވެހިން ރާއްޖޭގައި ތިބިއިރު ކޮންސްޓްރަކްޝަން ދާއިރާއާއި ޓޫރިޒަމް ދާއިރާގައި ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ދިވެހިންގެ އަމިއްލަ މަސައްކަތެއް ގޮތުގައި ބަލަމުންއައި މަސްވެރިކަމުގެ ދާއިރާގައިވެސް މިފަހަކަށް އައިސް ބިދޭސީން އަންނަނީ ޙަރަކާތެރިވަމުންނެވެ. ކުރިއަށް އޮތްތަނުގައި މަސްވެރިކަމުގެ ދާއިރާގެ ކޮންޓްރޯލް ބިދޭސީން ނަގާ ހިސާބަށް ގޮސްދާނެއެވެ. މިއީ ހަމަ ގައިމުވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މުޅި ރާއްޖޭގައި ވަޒީފާނެތް ދިވެހީން އިތުރުވަމުން އަންނައިރު ދިވެހިންގެ އަތުން ގައުމުގެ ކޮންޓްރޯލް ގެއްލި ބިދޭސީންގެ ބާރުގެ ދަށަށް ޤައުމުގެ އިޤްތިސާދު ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަޠުތައް ނުލިބުމުގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ވެފައިމިވަނީ ބިދޭސީ މަސައްކަތްތެރިން މިޤައުމުގައި އިންތިހާއަށް ގިނަވުމެވެ. މިކަމުގައި ދެކޮޅަށްވެސް ވާހަކަ ދެއްކިދާނެއެވެ. ސަބަބަކީ ދިވެހީންގެ މެދުން ވަޒީފާއަށް ދިއުމުގެ ޝައުޤު، ބައެއް ޙާލަތްތަކުގައި ފެނިގެން ނުދިއުމެވެ.

bidheyseen - Aafathis

ރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވަނީ މި ކުޑަކުޑަ ޤައުމުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ދާއިރާ ކަމަށްވާ، ފަތުރުވެރި ކަމުގެ މައްޗަށް ކަމުން ރާއްޖެއަކީ ނާޒުކު އިޤްތިޞާދެއް އޮތް ޤައުމެކެވެ. ރާއްޖެއަކީ މަދު ދާއިރާތަކަކުން ބޭރު ފައިސާ ލިބޭ އިޤްތިޞާދެއް ލިބިފައިވާ ޤައުމެކެވެ. ބީދޭސިންނަށް މުސާރައިގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑުބައެއް ޤައުމުން ބޭރުވަމުންދެއެވެ. ކޮންމެ މަހަކު އެތައް ބިލިއަން ޑޮލަރެއް މިޤައުމުން ބޭރުވުމަކީ ކަންބޮޑުވާންޖެހޭ، އަދި އޭގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އިންތިހާއަށް ގެއްލުންތައް ކުރިމަތިވަމުންދާނޭ ކަމެކެވެ. ނުއަގުގައި ޑޮލަރު ވިއްކުންފަދަ، ދިވެހި އިޤްތިޞާދަށް ހުރަސްތައް ކުރިމަތިވާ އެތައްކަމެއް މީގެ ސަބަބުންވެސް ކުރިމަތިވަމުން އެބަދެއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހޭދަކުރަންހުރި ފައިސާ ބައެއް ޙާލަތްތަކުގައި ބިދޭސީންނަށް ޚަރަދުކުރަންޖެހުމުން ޤައުމުގެ މާލިއްޔަތަށްވެސް ދަނީ ގެއްލުންތަކެއް ކުރިމަތިވަމުންނެވެ. ކޮވިޑު 19 ގެ ޙާލަތުގެ ދިވެހި ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ޚަރަދެއް ބިދޭސީންނަށް ކުރަންޖެހުނެވެ. ބަލީގެ ގޮތުން ވާނީވެސް އެހެން ތާއެވެ. އެއީވެސް އިންސާނުން ކަމަށްވާތީ އިންސާނީ ވަންތަކަމުގެ ގޮތުން ލާޒިވާ ކަމެއްގެ ގޮތުން އެ ޚަރަދުތައް ކުރަން މަޖުބޫރުވީއެވެ. ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރަންޖެހުމާއި ބޭސްފަރުވާ އަށް ޚަރަދުކުރަންޖެހުމާއި ވެކްސިން ޖެހުމަށް ވަރަށް ބޮޑު ހޭދައެއް ދިވެހި ދައުލަތުން ކުރަންޖެހުނެވެ.

REPORT: Local Baazaaruge control Bidheyseen ge aiy dhashah! | ThePress

ދިވެހި މުޖްތަމަޢުގައި ނުރައްކާތެރި އެތައް މައްސަލަތަކެއް ދިމާވަމުންދާއިރު، ބިދޭސީންގެ ފަރާތުންވެސް ދަނީ އެތަކެއް އިޖްތިމާއީ މައްސަލަތަކެއް ކުރިމަތިވަމުންނެވެ. ބަދުއަޚްލާޤީ މައްސަލަތަކާއި، މާރާމާރީތައް ހިންގުމާއި މީހުން މެރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ފަދަ ބޮޑެތި ކުށްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިވާކަމީ ޤައުމަށް ދިމާވެފައިވާ ވަރަށް ބޮޑު ނުރައްކަލެކެވެ. މީގެ އިތުން ރޭޕް ކުރުމާއި، ބިރުދެއްކުމާއި އޮޅުވާލައިންގެ ފައިސާ ހޯދުންފަދަ އެތައްކަމެއް ބިދޭސީންގެ ފުށުން ދަނީ ފެންނަމުންނެވެ. ބިދޭސީންގެ މިފަދަ މައްސަލަތަކުގެ ސަބަބުން އެމީހުންނާ މެދު ފިޔަވަޅު އެޅިކަމުގައި ވިޔަސް ކޮންޓްރޯލް ގެއްލޭ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ. ދިވެހިރާއްޖޭގެ ޖަލުގައި އެތައް ބިދޭސީންނެއް ގައިދީންގެ ގޮތުގައި ހުކުމްތަންފީޒު ކުރަމުން ދާ ކަންވެސް ފާހަގަކުރެވެއެވެ. މިއީ ދައުލަތުން އެތައް ޚަރަދެއް ކުރަންޖެހޭ ކަމެކެވެ.

އިޖްތިމާޢީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވަ ގޮންޖެހުންތަކަށް ބަލާއިރު އެންމެ ނުރައްކާތެރި ކަމަކީ އަޅުގަނޑުމެން ކަންބޮޑުވާ ވަރަށް ބިދޭސީން ދިވެހިންނާ ކައިވެނި ކުރަމުންދިއުމެވެ. އެގޮތުން ބިދޭސީން ދިވެހިންނާ ކައިވެނި ކުރަމުންދާއިރު އެއީ އެ މީހުންގެ ޖީލުތައް ބިނާކޮށް މި ގައުމުގެ ދާޚިލީ ކަންކަމަށް އަތް ފޯރުވުމަށް ލިބޭ ފުރުސަތެކެވެ. ދިވެހިރާއްޖޭގެ އާދަކާދައާއި ޘަޤާފަތާއި ބިދޭސީންގެ އުޅުންތަކާއި ގުޅުންތައް މަސްހުނިވެ ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް މިކަމުގެ ސަބަބުން ދަނީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ. ބިދޭސީން ވާހަކަ ދެއްކުމުގައި ބަހުރުވަ ގެންގުޅޭ ގޮތުން ދިވެހި ބަހަށް ބަނަ ވިލާގަނޑެއްގެ އަސަރު ފޯރަމުންދާ ކަމީ މިކަމުގެ އެއް ހެކި ކަމުގައި ފާހަގަކޮށްލާންޖެހެއެވެ.

ބިދޭސީ މަސައްކަތްތެރީން ގިނަވުމުގެ ސަބަބުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހަނިވެއެވެ. ނުވަތަ ވަޒީފާގެ ފުރުޞަތު ގެއްލިގެންދެއެވެ. އަދި ބޭރުފައިސާ ނުވަތަ ޑޮލަރުގެ ކަޅުބާޒާރެއް އުފެދި އެކަމުގެ ގެއްލުން ދިވެހި އިޤްތިޞާދަށް ކުރަމުންދެއެވެ. މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށްވެސް ދިވެހި މާލިއްޔަތުން ޚަރަދުތަކެއް ހިނގާކަން ފާހަގަކުރަންޖެހެއެވެ. މިކަމުގެ ސަބަބުން ދިވެހި ބިމުގައި ކުށުގެވެށި އިތުރަށް ގޯހުން ގޯހަށް ދާންފަށައިފިއެވެ. އަދި ހަމަ މިއާއެކު، މިފަދަ ފަރާތްތަކުގެ ސަބަބުން ދިވެހި ބަހަށާއި ޘަޤާފަތަށް އިޢާދަ ނުކުރެވޭފަދަ ގެއްލުންތަކެއް ކުރިމަތިވަމުން ދާކަން ހިތާމައާއެކު ފާހަގަކުރަންޖެހެއެވެ. އެހެންކަމުން، ބިދޭސީން ގިނަވުމުގެ މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ސިޔާސަތުތައް ބައްޓަންކޮށް، ޤާނޫނީ ބާރުވެކަން ހޯދައި، ތަންފީޒީ އިދާރާތަކާއި މުޅިމުޖްތަމަޢު ތެދުވާންޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *