Wednesday, 22 May 2024

އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވައިފި

އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މައުސޫމް މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާ އެކަން ޕީސީބީއަށް އަންގަވާފައެވެ. މައުސޫމްގެ ސިޓީގައި ވިދާޅުވީ ފެބްރުއަރީ 6، 2019 ގައި އޭނާއާ ހަވާލު ކުރެއްވި އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ހުށައަޅުއްވާ ކަމަށެވެ.

މައުސޫމް ވަނީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެ ވަޑައިގެން އަލަށް އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އާ ގުޅިވަޑައިގެންފައެވެ.

މައުސޫމްގެ އިސްތިއުފާ މި އައީ "ދަ ޑިމޮކްރެޓްސް" އާ ގުޅޭ އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކިކުރައްވާ ދަނޑިވަޅެއްގައެވެ.

މައުސޫމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަކުނުދޫ ދާއިރާ ތަމްސީލް ކުރައްވާ އެ ދާއިރާގެ ރައީސެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ ރައީސް މުހައްމަދު ނަޝީދާއި ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ. މައުސޫމަކީ ވިޔަފާރީގައިވެސް ކާމިޔާބު، އަދި އެމްޑީޕީއަށް ވަރަށް ބޮޑަށް ހަަރަދު ކުރެއްވި ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *