ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ދާދި ދެންމެއަކު ފާސްކޮށްފިއެވެ.
”ފިޔަ” އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ދާދި ދެންމެއަކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވީ 42 މެމްބަރުންނެވެ. އަދި, އެ މައްސަލަ ފާސްކޮށްފައި ވަނީ 36 މެމްބަރުންގެ ވޯޓާއެކުއެވެ.