ފައިވް ނޭޝަންސް ބާސްކެޓް މުބާރާތުގައި ބޫޓާން އަތުންވެސް ރާއްޖެ ބަލިވެއްޖެ

މިހާރު ކުރިއަަށްދާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުން ބޫޓާން އަތުން ބަލިވެއްޖެއެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ވަނީ 52- 42 ޕޮއިންޓުން ބަލިވެފައިވާއިރު، ރޭ ކުޅުނު ދެވަނަ މެޗުން ބޫޓާން އަތުން ބަލިވީ 60-50 ޕޮއިންޓުންނެވެ. އެއާއެކު މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ރާއްޖެ ބަލިވެފައިވަނީ 10 ޕޮއިންޓުގެ ފަރަގަކުންނެވެ. އެހެންކަމުން، ފުރަތަމަ ކުއާޓަރު ބޫޓާނުން ނިންމާލީ އަށް ޕޮއިންޓުގެ ލީޑެއްގައި އޮވެ، 15-07 އިންނެވެ.
މި މެޗުގެ ދެވަނަ ކުއާޓަރުގައިވެސް ރާއްޖެއަށް އޮފެންސްގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، މި ކުއާޓަރު ބޫޓާނުން ނިންމާލީ ބޮޑު ލީޑެއްގައި އޮވެގެންނެވެ. އެއީ 36-17 ޕޮއިންޓުންނެވެ.
މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސަރަޙައްދީ ހަތަރު ގައުމަކުން ވާދަކުރެއެވެ. އެއީ ބަންގްލަދޭޝް، ބޫޓާން, ޕާކިސްތާން އަދި ނޭޕާލެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޕާކިސްތާން އަތުން ނޭޕާލް ވަނީ 62-66 އިން މޮޅުވެފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު