ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި، މަސްވެރިންގެ އަޑު އެހުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ރާއްޖޭގެ ބައެއް މަސްވެރިންނާއި ބައްދަލު ކޮށްފިއެވެ.
ޤާސިމް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައި އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯވެސް އިއުލާން ކުރައްވާފައެވެ. އޭނާ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، 23 ދާއިރާއަކުން ވައުދުތައް ފުއްދަވައި ރައްޔިތުންގެ ހާސްކަން ފިލުވާލައި އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ހޯއްދަވައި ދެއްވާނެ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ހުރި އެކި މައްސަލަތަކުގެ ތެރެއިން މަސްވެރިންގެ މައްސަތަކަށް ހައްލު ހޯދައި ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޤާސިމް ވަނީ މަަސްވެރިންނާއި މިއަދު ބައްދަލުކޮށްފައެވެ. މަސްވެރިންނާއި ބައްދަލުކުރުމަށްފަހު ކުރެއްވި ޓުވީޓުގައި ވިދާވީ މަސްވެރިންނަށް އެކި ސަރުކާރުތަކުން އިހުމާލު ވެފައިވާކަމަށެވެ. އެކަންކަމަށް ހައްލު ގެނެވޭނީ ސީދަ މަސްވެރިންގެ އަޑު އަހައިިގެންކަމަށް ޤާސިމް ވިދާޅުވިއެވެ.
ދިވެހި މަސްވެރިންނަށް ދިމާވެފައިވާ އެކިދަތިތަށް ހައްލު ކުރުމުގައި ފާއިތުވި ހުރިހާ ސަރުކާރުތަކުންވެސް ވަނީ އެކި މިންވަރަށް އިހްމާލުވެފައެވެ. އެކަންކަމަށް ހައްލުގެނެވޭނީ، މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، މަސްވެރިންގެ ހާލަތު ސީދާ މަސްވެރިންގެ ފަރާތުން އަޑުއަހައިގެންނެވެ.
– ޤާސިމް ވިދާޅުވިއެވެ.
ދިވެހިމަސްވެރިންނަށް ދިމާވެފައިވާ އެކިދަތިތަށް ހައްލު ކުރުމުގައި ފާއިތު ވި ހުރިހާ ސަރުކާރުތަކުންވެސްް ވަނީ އެކި މިންވަރަށް އިހްމާލުވެފައެވެ. އެކަންކަމަށް ހައްލުގެނެވޭނީ، މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، މަސްވެރިންގެ ހާލަތު ސީދާ މަސްވެރިންގެ ފަރާތުން އަޑުއަހައިގެންނެވެ. pic.twitter.com/BgE1bHg2O4
— Qasim Ibrahim (@qasimibrahim) June 16, 2023
ޤާސިމް މަސްވެރިންނާއި ބައްދަލުކުރި އިރު، ރާއްޖޭގެ މަސްވެރިންނަށް މިސަރުކާރުން ވެފައިވާ ވައުދުތައްވެސް ނުފުއްދާކަމުގެ ކަންބޮޑުވުން މަސްވެރިން ދަނީ ފާޅު ކުރަމުންނެވެ. އައިސް ލިބުމާއި، މަސް ކިރުވުމުގައި ހުރި ދަތިތަކާއި، ބާނާ މަހަށް ހަމަ އަގު ނުލިބުމަކީ މަސްވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. ޤާސިމް ވަނީ މަސްވެރިކަމުގެ އިތުރުން އެކި ދާއިރާތަކުން ހައްލު ގެނެސްދޭނެ ގިނަ ވައުދުތަކެއް މެނިފެސްޓީ އިއުލާންކުރިރޭ ރައްޔިތުންނާއި ހިއްސާކޮށްފައެވެ.
ރައްޔިތުންގެ އާބާދީގެ ބޮލަކަށް ޖެހޭ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ ޕާ ކެޕިޓަލް) 18،000 ޑޮލަރުން 27،000 ޑޮލަރަށް މަތި ކުރައްވާނެ ކަމަށާއި ނެޝަނަލް ޔޫޒަބަލް ރިޒާވް 250 މިލިއަނުން އެއް ބިލިއަން ޑޮލަރަށް މަތި ކުރައްވާނެ ކަމަށް ވެސް ގާސިމް ވަނީ ވައުދުވެވަޑައިގެންފައެވެ.
ޤާސިމް ވެފައިވާ ވައުދުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ހާސްކަމުގައި ތިބި ރައްޔިތުންގެ ހާސްކަން ފިލުވާލައި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި 20،000 ހައުސިން ޔުނިޓް އެޅުމަކީ ވެސް ގާސިމްގެ ވައުދެކެވެ. އެކަމަކު، އޭނާގެ އަމާޒަކީ 30،000 ހައުސިން ޔުނިޓެވެ. ގާސިމް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ހުރި މައްސަލަތައް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްލުކުރުމަށް އިސްކަންދީ، ޓަވަރުތަކުގައި އިތުރު އެލެވޭޓަރާއި، ބެކަޕްޖަނަރޭޓަރު ބަހައްޓާ، ހިޔާ ނެއިބަހުޑް ޕާކުތައް ތަރައްގީ ކުރައްވާނެ ކަމަށެވެ.
ރިޔާސީ ކެމްޕެއިނަށް ޤާސިމްގެ ޝިއާރަކީ "ހާސް ކަނޑާލާ، ހަމަޖެހޭނެ" އެވެ.