ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ ހެޔޮ ޢަމަލުކުރުމަށް، މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތައް: ޚުތުބާ

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ ހެޔޮ ޢަމަލުކުރުމަށް، މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތައް ކަމުގައި ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

"ހައްޖުމަހުގެ ފުރަތަމަ 10 ދުވަސް" މި މަޢުޟޫއުގެ މައްޗަށް ހާއްސަކޮށް، ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ބުނީ، އިންސާނުންގެ މިކުރު ހާޔާތުގައި ހެޔޮކަމުގެ މާތް މޫސުންތައް، ގިނަގުނަ ދަރުމަޔާއި ސަވާބުލިބޭގޮތުން، ތަކުރާރުވާ ގޮތެއްގައި މާތްﷲ ލައްވާފައިވުމީ، އެކަލާންގެ އޯގާވަންތަކަމާއި، ރަހުމަތްވަންތަ ކަމުގެ ބޮޑުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

ހުތުބާގައި ވަނީ، ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ، ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި އިލްމުވެރިން ބަޔާން ކުރައްވަނީ އެންމެ މަތިވެރި އަމަލުތައް މި ދުވަސް ވަރުގައި ޖަމާވެގެންދާތީކަން ފާހަގަކޮށްފައެވެ.

މި ދުވަސްތަކުގައި ކުރެވެންއޮތް ހެޔޮ އަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭ. ހާއްސަކޮށް، ހައްޖު މަހުގެ ނަވަވަނަ ދުވަހުގެ ރޯދައިގެ ސަވާބާއި، ދަރުމަ މަތިވެރިވެގެންވޭ. ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގައި ވަނީ، އެ ދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ފާފަތައް ފުއްސަވާނެ ރޯދައެއް ކަމުގަ.

– ޚުތުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޡުބާގައި އިތުރަށް ވިދާޅުވި ގޮތުގައި، މި ދުވަސްވަރަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވާފައިވަނީ އެންމެ މަތިވެރި ހެޔޮ ޢަމަލުތައް މި ދުވަސްތަކުގައި ޖަމާވެގެންދާތީ ކަމުގައެވެ. އެގޮތުން ނަމާދާއި، ރޯދައާއި، ޞަދަގާތާއި، ޙައްޖުގެ މަތިވެރި އަޅުކަން މިދުވަސްވަރު ޖަމާވެގެން އަންނާތީ މިދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކާ ހެޔޮ އަމަލުތައް ކުރުމަށް އަވަސް ވެގަތުމަށް ޚުޡުބާގައި ގޮވާލައްވާފައި ވެއެވެ.

މުސްލިމް އަޚުންނޭވެ! އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިޚްލާސްތެރި ތައުބާއަކުން ތައުބާވެ މިދުވަސްތައް ފަށާށެވެ! ތައުބާވާ އަޅުންދެކެ ﷲ ލޯބިވެ ވޮޑިގަންނަވައެވެ. އަދި ތައުބާވުމަކީ އެންމެ ގިނައިން ކީރިތި ޤުރުއާންގައި ގޮވާލައްވާގައިވާ އެއް ކަންކަތެކެވެ.

– ޚުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވަނީ، މި މަތިވެރި ދުވަސްތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށްޓަކައި ފަރުޞު ނަމާދުތަކަށް ފަރުވާތެރިވުމާއި، ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި، ކީރިތި ގުރުއާން ކިޔެވުމާއި، ގުރުއާނާއި މެދު ވިސްނާ ފިކުރުކުރުމާއި، ގިނަގިނައިން މާތްﷲގެ ހަޒްރަތުގައި ދުވާ ދެންނެވުމާއި، ރޭ އަޅުކަން ކުރުންފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހެޔޮއަމަލު ކުރުމުގައި ދެމިހުރުމަށް ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު