Saturday, 13 April 2024

ޕީޕީއެމްއަކީ މަތިން ތިރިއަށްވެސް ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާއަތެއް: ޑރ.އިޔާޒު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަކީ މަތިން ތިރިއަށްވެސް ޓެރަރިޒަމަށް ހިތްވަރުދޭ ޕާޓީއެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވަނީ ޑރ.އިޔާޒްއާ މަގުމަތިން ދިމާކޮށް ކާފަރަށް ގޮވާފައެވެ. އެކަމާއި ގުޅިގެން އިޔާޒް ވިދާޅުވީ، ޕީޕީއެމްގެ ބޭފުޅުން ކިތަންމެ މުޒާހަރާއެއް ކޮށް މުއައްސަސާތަކަށް އެއްވެ ކިތަންމެ ވަރަށް ފޮށުނަސް ޖަލުގައި އޮންނެވި ރައީސް ޔާމީން މިނިވަން ނުވާނެ ކަމަށެވެ، އަދި ޕީޕީއެމްއަކީ ޓެރަރިޒަމްއަށް ހިތްވަރު ދޭ ޖަމާއަތެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ޙަޤީޤަތަކީ ޕީޕީއެމްގެ އެންމެ މަތިން ތިރިޔަށްވެސް އަދަބެއް އަޚްލާޤެއް ނެތުން. ޝަރީޢަތުގެ މަޖްލިސްގައި ބްރޭކް ލިބޭ ގަޑީގައި ވަކީލުންނާއި ދިމާކުރުން, ޝަރީޢަތުގެ މަޖްލިސްތެރޭ ހެކިބަސްދޭން ހުންނަ މިހާ އަށް ބިރުދެއްކުން ފަދަ ނާތަހުޛީބު ޢަމަލުތައް މަތިންވެސް ފެންނަނީ. އެހެންވީމާ, ދަށުގައި ތިބޭ މީހުންވެސް އެފާޑަށް އެޅުނީ.

– އިޔާޒު ވިދާޅުވިއެވެ.

ޑރ.އިޔާޒު ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕާއި، އެކްޓިވިސްޓުންގެ ތެރޭގައިވެސް އޮތީ ހަރުކަށި ފިކުރުގެ ވިސްނުންކަމަށެވެ. ފެނިގެންދަނީ މުޅި ޕާޓީގައިވެސް ޓެރަރިޒަމަށް ހިތްވަރުރޭ ތަންކަމަށެވެ.

ޙަޤީޤަތަކީ ޕީޕީއެމް އަކީ ޓެރަރިޒަމް އަށް ހިތްވަރުދޭ ޖަމާޢަތެއް.

– އިޔާޒު ވިދާޅުވިއެވެ.

ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އިޔާޒުއާ ދިމާކޮށްލީ އެ މީހުން އެޗްއާރްސީއެމްގެ ދޮށަށް އެއްވެ އަޑުއުފުލަމުން ދަނިކޮށް ޑރ. އިޔާޒު އެ ސަރަހައްދުން ސައިކަލްގައި ދުއްވާފައި ދަނިކޮށެވެ. މުޒާހަރާ ކުރަން ތިބި އަންހެނުންތަކެއް ވަނީ އިޔާޒު ފަހާ ދުވެފައެވެ. ޑރ. އިޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއީދުކުރައްވާ ޓްވީޓް ކުރައްވާ ބޭފުޅެކެވެ. އޭނާގެ ޓްވީޓްތަކަށް އަބަދުވެސް އިދިކޮޅު މީހުން ފާޑު ކިޔައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *