8 ފެބުރުވަރީ 2025

ޤާސިމަށް އެންމެ ރަނގަޅުވާނީ އިންތިޚާބު ނިމެންދެން ތިޖޫރީގައި އިތުރުތަޅެއް އެޅުވުން: މަލީހު

ޖުމްހޫރީ ޕާޓީގެ ރިިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމަށް އެންމެ ރަނގަޅުވާނީ އިންތިޚާބު ނިމެންދެން ތިޖޫރީގައި އިތުރުތަޅެއް އެޅުވާފަ ބެހެއްޓެވުން ކަމުގައި ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރެއްވުމަށް ނިންމަވައި ޓިކެޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް އުންމީދުކުރި ވަރަށް މީހުން ބައިވެރިނުވެ، ފެންނަމުންދާ މަންޒަރުތަކަށް ބަލައި ކުރެއްވި ޓުވީޓުގައެެވެ.

މަލީހު ވިދާޅުވީ ޤާސިމްގެ ވާތާއި، ކަނައަތް ފަރާތުގައިވެސް ޤާސިމްގެ ތިޖޫރީ ހުޅުވާއިރަށް ބަލަބަލާ ތިބި ބަޔަކު ތިބިކަމަށެވެ. އެމީހުންނަށް ތިޖޫރީ ނުހުޅުވޭނެހެން އިތުރު ތަޅެއް އެޅުވުމަކީ ޤާސިމަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށް މަލީހު ވިދާޅުވިއެވެ. ޚަރަދު ކުޑަކޮށް، ޤާސިމަށް ދިމާވެފައިވާ މާލީ ހާލަތުން އަރައި ގަތުމަށްވެސް އެނެމް ރަނގަޅު ގޮތަކީ ތިޖޫރީގައި އިތުރު ތަޅެއް އެޅުވުން ކަމަށް މަލީހު ވިދާޅުވިއެވެ.

ޖޭޕީގެ ލީޑަރަށް, ބުއްދިވެރިވާނީ ތިޖޫރީގައި އިތުރު ތަޅެއް އަޅުއްވައި އިންތިޚާބު ނިމެންދެން ބެހެއްޓެވިއްޔާ. ކަނާތާއި ވާތް ފަރާތުގައިވެސް ބިޔަ ޓައިގާރ ޝާކު (ފެމުނު) ހޭރިޔާ އެބަ ކަނޑާ. ތިޖޫރީ ނުހުޅުވައިގެން އެވާހަކަ އެބަދައްކަވާ. ޚަރަދު ނުކުރައްވާ ވޯޓް ހޯއްދަވާ ފަހަރަކަށް ހައްދަވާ.

– މަލީހު ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީގެ ޓިކެޓް ދީފައިވާ ގާސިމް ވިދާޅުވެފައިވަނީ، ކޮވިޑް-19 އާ އެކު ކުރިމަތިވި އިގްތިސާދީ އަޑިގަނޑާ ގުޅިގެން ކުންފުނި ވަރަށް ބޮޑަށް އަޑި އަޅާލި ކަމަށެވެ. އެކިއެކި ޓެކްސްތަކާއި އެހެނިހެން ގޮތް ގޮތުން ސަރުކާރަށް ފައިސާތައް ދައްކަމުން އައިސް އަދިވެސް 11 މިލިއަން ޑޮލަރު ނުދެއްކިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ފައިސާގެ ތާށިކަމާ ހެދި އޭނާގެ ވިލާ އެއާގެ މުވައްޒަފުންނަށް ވެސް މުސާރަ ދޭން ދަތިވެފައިވާ ކަމަށެވެ. ވިދާޅުވީ، އެހެންވެ، އެއާލައިން ވެސް އޮތީ "ހުއްޓާލާ ހިސާބުގައި" ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު