ޑިމޮކްރަސީ ކުރިއެރުވުމަށް ސަރަހައްދީ ފެންވަރުގައިވެސް ރާއްޖެއިން ކުރާ މަސައްކަތަށް އެމެރިކާއިން ތަޢުރީފް ކުރައްވައިފިއެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ބްލިންކަންއާއި މިއަދު ބައްދަލު ކުރެއްވުމަށްފަހު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ބައްދަލު ކުރެއްވުމުގައި، އެމެރިކާއާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމަށް ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވިގެންދިޔަ ކަމުގައެވެ.
މިބައްދަލުކުރެއްވުމުގައި އެމެރިކާގެ ހާރިޖީ ވަޒީރު ވަނީ ރާއްޖެއާއި އެމެރިކާއިން ބާއްވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެގެ އެމްބަސީއެއް އެމެރިކާގައި އަޅުން ގާއިމްކުރުމާއި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރުމުގެ މަސައްކަތް އެމެރިކާގެ ހާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.
މަޝްވަރާ ކުރެވުނު މައިގަނޑު 5 ކަމުގެ ތެރޭގައި ހިމެނެނީ:
– އެމެރިކާގެ ޔުނިވަރސިޓީތަކުގައި ކިޔެވުމަށް ރާއްޖޭގެ ދަރިވަރުންނަށް އިތުރު ފުރުސަތު ހޯދާ ދިނުން
– ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ދެގައުމުގެ މެދުގައި އިގްތިސާދީ ގުޅިން ބަދަހި ކުރުން
– އެއްގައުމުން އަނެއްގައުމަށް ދެގައުމުގެ ރައްޔިތުންވެސް ދަތުރު ކުރުމަށް، ވިސާ ހޯދުމުގައި އިތުރަށް ލުއިފަސޭހަކަން ގާއިމް ކުރުން
– ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީގޮތުން ކުރެވޭ މަސައްކަތްތަކުގައި ދެގައުމުންވެސް އެއްބާރުލުން ދިނުން
– އިންޑޯ ޕެސިފިކް ރީޖަންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ދެގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން
Delighted to meet with @SecBlinken.
Had a constructive discussion focusing on strengthening bilateral relations between the #Maldives and #US.
We discussed:
1. Enhancing greater higher education opportunities for Maldivians to study at American universities
2. Increasing… pic.twitter.com/Fo7J67QfEs— Abdulla Shahid (@abdulla_shahid) June 16, 2023
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ހާރިޖީ ވަނީ ރާއްޖެއިން ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާ ކުރުމުގައި ސަރަހައްދީ ގޮތުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެމަސައްކަތަށް ތައުރީފް ކުރެއްވިއެވެ. އަދި އިގްތިސާދީ ކުރިއެރުމާއި ތިމާވެށީގެ މައްސަލަތަކާއި ސަލާމަތީ ކަންކަމުގައި ޑިމޮކްރެޓިކް އުސޫލުތައް ކުރިއެރުވުމުގައި ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް މިބައްދަލުކުރެއްވުމުގައި އެމެރިކާގެ ހާރިޖީ ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
ޝާހިދުގެ ޓުވީޓުގައި ވަނީ، އެމެރިކާއިން ރާއްޖެއަށް ފޯރުކޮށް ދެމުންދާ އެހީތެރިމަށް ވަރަށް ބޮޑަށް އުފާ ކުރައްވާކަމަށް ވިދާޅުވެ، ކުރިޔަށް އޮތް ތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.