އަލީ ވަޙީދުގެ މައްސަލައިގައި، ޓްވިޓަރ މެދުވެރިކޮށް މީހަކު އުފެއްދި ސުވާލަކަށް، ކުރީގެ މިނިސްޓަރ އަނީސާ އަޙްމަދު، އިތުރު ސުވާލެއް ކުރިމަތިކުރައްވައިފިއެވެ. އެސުވާލު ކުރިމަތިކުރައްވާފައިވަނީ، ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ އެކުވެރިންނަށް އެއްވެސް ދަޢުވާއެއް ކުރިތޯ ބުނެ މީހަކު އުފެއްދި ސުވާލަކާ ގުޅިގެންނެވެ.
އެކަމަނާ ވިދާޅުވެފައިވަނީ، "ކިހާ ދުވަހެއް ވަންދެންތޯ ތި ބަހަނާ ދައްކަވާނީ؟ ކުރީގެ ގޮތް ކަމުނުދާތީ ޤާނޫނު އަސާސީއަށް ބަދަލުތައް ގެނެސް ބާރުތައް ވަކިކޮށް އާ ނިޒާމަށް ހިޖުރަކުރިތާ 16 އަހަރު ފަހުންވެސް ކުރީގަ އޮތީ މިވެނި ގޮތަކަށޭ ކިއުމަކީ ދައްކާ އުޒުރެއް ނޫންތޯ؟"
https://twitter.com/AneesaAhmed19/status/1669642514939408384?s=20
އެކަމަނާ މިހެން ވިދާޅުވެފައިވާއިރު، އެމް.އާރް.އެމް އިން ވަނީ ޢަލީީ ވަޙީދުގެ ދަޢުވާ އަނބުރާ ގެންދެވި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމް.އާރް.އެމްގެ ބަޔާނުގައި ވަނީ، ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކީންނަށް ރައްކާތެރިކަން ލިބޭނެ ނިޒާމެއް ޤާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކޭކަމަށާއި، އަދި އިންސާފު ލިބުމުގައި ޚާއްސަކޮށް އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ، އިންސާފު ލިބުމަށްހުރި ހުރަސްތައް ނައްތާލުމަށް އެޅެން ހުރި ފިޔަވަޅުތައް ވީހާ އަވަހަކަށް އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެމް.އާރް.އެމް އިން ގޮވާލާކަމަށެވެ.
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދަށް ކުރި ދައުވާތައް އަނބުރާ ގެންދިޔުމާ ގުޅޭގޮތުން pic.twitter.com/b0vtlcGqhJ
— Maldives Reform Movement (@MRM_Office) June 15, 2023