އެލިއާ އިންވެސްޓްމަންޓްސް އިން ބާއްވާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕް މިހާރު ކުރިއަށްދަނީ

އެލިއާ އިންވެސްޓްމަންޓްސްއާއި މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ދަރުމައަށް ލޭ ހަދިޔާ ކުރުމުގެ ހަރަކާތް މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށް މީރުމާ މާލަމުގެ ފުރަތަމަ ފަންގިފިލާގައެވެ.

އެލިއާއިން ބުނީ އެ ބްލަޑް ކޭމްޕު ބޭއްވުމުގެ މަގުސަދަކީ ޒުވާނުން ލޭ ހަދިޔާ ކުރުމަށް އަހުލުވެރި ކުރުމާއި އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް ބިނާ ކުރުން ކަމަށެވެ.

ލޭ ހަދިޔާ ކުރުމަކީ އިންތިހާއަށް މުހިންމު އަދި އެތަކެއް ފައިދާތަކެއް އިންސާނުންނަށް ލިބޭ ކަމަކަށްވީ ނަމަވެސް ބޭނުންވާ ވަގުތުތަކުގައި ރާއްޖޭގެ ބްލަޑް ރިޒާވުން ލޭ ލިބުން ދަތިވާ ކަމަށް ސިއްހީ އިދާރާތަކުން ފާހަގަ ކުރެއެވެ. ލޭ ހަދިޔާ ކުރާ ދަރުމަވެރިން މަދުވެ، ލޭ ހޯދުމަށް ބޮޑެތި ތަކުލީފުތައް އުފުލަންޖެހޭ ވާހަކަ އަބަދުމެ އަޑުއިވެއެވެ.

މި ހަރަކާތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންް، ބޭނުންޖެހިފައިވާ ފަރާތްތަކަށް ލޭ ހަދިޔާ ކުރުމަކީ މުޖުތަމައުއަށް ކޮށްދެވޭ ހިދުމަތެއްގެ އިތުރުން އިހުތިމާއީ ޒިންމާތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ކަން އެލިއާގެ މީޑިއާ އޮފިޝަލް ފާހަގަކުރިއެވެ. އަދި އެއީ ހާލުގައި ޖެހިފައިވާ ފަރުދަކަށް އަނެކާގެ ދީލަތިކަމާއި އިހުލާސްތެރިކަމުން އެކަމުގައި ހިއްސާވެ، މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަމާއި އޯދާތެރިކަމުގެ އިހުސާސް އުފެއްދުމުގެ ފުރުސަތު ލިބިގެންދާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެލިއާގެ އުންމީދަކީ ވީހާވެސް ގިނަ ފަރާތްތަކުން އެ ކޭމްޕުގައި ބައިވެރިވެ، އަނެކާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވިއްޖެ ކަމުގެ ފޮނި އިހުސާސް ކޮންމެ ދަރުމަވެރިއެއްގެ ވެސް ހުރުން ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު