މިއަދު އަށް ރަށެއްގައި ކުރިއަށް ގެންދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައިއިލެކްޝަންތަކުގެ ތެރެއިން ފަސް ބައިއިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކޮށްފިއެވެ.
ރިޔާސީ އިންތިޚާބާއި މިހާ ކައިރިވެފައި ވަނިކޮށް، އެމްޑީޕީއާއި ވާދަކޮށް ޕީޕީއެމްއިން މިހާ ގިނަ އަދަދެއްގެ ގޮނޑި ނެގުމަކީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ތިބިގޮތް ސާފުވާ ކަމެއްކަމަށް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ނަތީޖާތަކުގައިވާ ގޮތުން މިއަދު ބޭއްވި 8 ބައި އިލެކްޝަންގެ ތެރެއިން 5 ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ. އެމްޑީޕީން މިއިންތިޚާބުގައި ދެގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު، މިނިވަން ކެނޑިޑޭޓެއްވެސް ވަނީ އެއް ގޮޑި ކާމިޔާބު ކުރައްވާފައެވެ.
ބައި އިލެކްޝަންތަކުގެ ނަތީޖާ:
– އއ. ފެރިދޫ
1. ސާނާ އަހުމަދު / އެމްޑީޕީ – 244
2. ވަސީމާ މުޙައްމަދު / ޕީޕީއެމް – 205
– ހދ. ފިނޭ
1. މުއުމިނާ އިބްރާހިމް / އެމްޑީޕީ – 133
2. ޒުހުދާ މުހައްމަދު / ޕީޕީއެމް – 147
ރ. އަނގޮޅިތީމު
1. ޚަދީޖާ ހުސެއިން މަނިކު / ޕީޕީއެމް – 82
2. ޢާސިމާ ރަޝީދު / އަމިއްލަގޮތުން – 95
ކ. ދިއްފުށި
1. ޢައިޝަތު ސާހިރާ / ޕީޕީއެމް – 181
2. ފާތިމަތު ޢަރުޝީ / އަމިއްލަގޮތުން – 174
– މ. ވޭވަށް
1. ދުންޔާ ޚާލިދު / އެމްޑީޕީ – 101
2. ޝިފާޒާ އިބްރާހިމް / ޕީޕީއެމް – 113
– ތ. ގާދިއްފުށި
1. މަރިޔަމް ޙަސަން / އެމްޑީޕީ – 234
2. ނިހާމާ ޢަބްދުﷲ / ޕީޕީއެމް – 158
– ލ. މާމެންދޫ
1. ސަޢުދިއްޔާ ޙުސެއިން / ޕީޕީއެމް – 224
2. ނާޒިމާ ޢަބްދުއްސަމަދު / އެމްޑީޕީ – 202
– ގދ. ހޯނޑެއްދޫ
1. ނަޒުރާނާ ހުސެއިން މަނިކު / ޕީޕީއެމް – 204
2. ލިޒުނާ ނަސީރު / އެމްޑީޕީ – 86
3. މައިމޫނަތު ޝަރީފް / އަމިއްލަގޮތުން – 76
ޕީޕީއެމް އިން އަންނަނީ މިއަދު ލިބުނު ކާމިޔާބީ ފާހަގަ ކުރަމުންނެވެ. ޕީޕީއެމް ހިންގުމާއި މިހާރު ހަވާލުވެ ހުންނެވި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުއްރަހީމް (އަދުރޭ) ވަނީ ރައީސް ޔާމީން އަށާއި ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިހާބު ކުރި ރަށްތަކަށް މަރުހަބާ ވިދާޅުވެފައެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ސިފަ ކުރެއްވި ގޮތުގައި ރިޔާސީ އިންތިހާބަށް ދެމަސް ދުވަހަށް ވެފައި ވަނިކޮށް ވެރިކަން ކުރާ އެމްޑީޕީގެ މައްޗަށް މިއަދު ހޯއްދެވުނީ ވަރަށް ބޮޑު ކާމިޔާބެކެވެ.