18 ޖަނަވަރީ 2025

ޖޭޕީއަކީ އަބަދުވެސް ޒުވާނުންނަށް ހެޔޮ މަގު ދައްކާނެ ޕާޓީއެއް: ޤާސިމް

ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ޒުވާނުންނަށް ހެޔޮމަގު ދައްކާނެ ޕާޓީއެއް ކަމަށް އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ލ.ގަމު އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވި ޒުވާނަކު އިތުރު 100 މީހުންގެ ސޮޔާއިއެކު ޖޭޕީއާއި ގުޅިވަޑައިގަތުުން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައެވެ.

ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ދިވެހި ޒުވާނުންނަޒށް ހެޔޮ އެދޭނެ ޕާޓީއެއްކަމަށެވެ. އަދި ޒުވާނުން ބޭނުންވާ ކަންތައްތަކާއި، ޒުވާނުންގެ އުންމީދުތައް ހާސިލް ކޮށްދިނުމުގައި އަބަދުވެސް ދިމި އޮންނާނެކަމަށެވެ. އަދި ޖޭޕީން އަބަދުވެސް އެދެނީ ދިވެހި ޒުވާނުންނަށް ފަހި ދުވަސްތަކެއް ކަމަށާއި، ޒުވާނުންނަށް ކުރި މަގު ދައްކައި ފަހި ފުރުސަތު އަބަދުވެސް ޖޭޕީގައި އޮންނާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

އެމްޑީޕީ ގަމު ދާއިިރާގެ އިސްސަފުގައި ހަރަކާތްތެރި ވަމުންދިޔަ ޒުވާން އިސްމާއިލް ވަހީދު، އިތުރު 100 ޒުވާނުންގެ މެމްބާޝިޕް ފޯމާއިއެކު ޖޭޕީއާއި ގުޅިވަޑައި ގެންނެވީތީ އިޚުލާސްތެރި މަރުޚަބާއަކާއިއެކު ޝުކުރު ދަންނަވަން. އަޅުގަނޑުމެން ޖޭޕީ އަކީ އަބަދުވެސް ޒުވާނުންނަށް ފުރުސަތު އޮތް، ޒުވާނުންނަށް ހެޔޮ މަގު ދައްކާނެ ޕާޓީއެއް.

– ޤާސިމް ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު، ގާސިމަށް ޓިކެޓް ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައި ޤާސިމް ވަނީ އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމުގެ ޔަގީން ދެއްވާފައެވެ. ގާސިމް ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމްވެސް ރައްޔިތުން ތަޖުރިބާ ކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ޓެސްޓު ނުކުރެވި އޮތް ސިޔާސަތަކީ ޖުމްހޫރީ ޕާޓީގެ ފިކުރު ކަމަށާއި އެ ފިކުރަކީ ގައުމުގެ ސަލާމަތާ ހަމަޖެހުމުގެ ފިކުރު ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާސިމް ވަނީ އެޖަލްސާގައި ޒުވާނުންނަށް އުންމީދީ މެސެޖުތަކެއް ދެއްވާފައެވެ. އެގޮތުން ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި 100 މިލިއަނަރުން އުފައްދަވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު