ރޭޕް ކުރި ކަމަށް ބުނާ އަންހެންކުއްޖާ

ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕް ކުރި މައްސަލައެއް ބަލަނީ

ކ. އަތޮޅުގެ ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ރޭޕްކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސުންކު (ސާމްޕަލް) ނަގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ޗައިނާގެ ފަތުރުވެރިޔާ ރޭޕްކޮށްފައިވަނީ ރިޓްޒް-ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު